ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ދެ ޔަހޫދީންތަ މުހިންމީ؟
ދުނިޔެ

ދެ ޔަހޫދީންތަ މުހިންމީ؟

އއިބްރާހީމްް ސަމީރު23 މޭ 2025
ބަނޑަށް ޖައްސައިގެން ޔަހޫދީން ވަނީ ޣައްޒާގައި 29 ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން މަރާލާފައެވެ. އޭގެ އިތުރުން އެތައް ހާސް ބަޔަކު ކޮންމެ ދުވަހަކުވެސް ހައިހޫނުކަމުގެ ވޭނުގައި އުޅޭ އިރު އަރަބިން ތިބެނީ ކައިގެންނެވެ. "ފާއިތުވި ދެތިން ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް 29 ކުޑަކުދިން ގެއްލިއްޖެ،" ފަލަސްތީނުގެ ސިއްޙީ ވަޒީރު މާޖިދް އަބޫ ރަމަޟާން ނޫސްވެރިންނަށް ވިދާޅުވިއެވެ. އޭނާ އެ މަރުތައް ސިފަކުރެއްވީ "ބަނޑުހައިހޫނުކަމާ ގުޅުންހުރި މަރުތަކެއް" ގެ ގޮތުގައެވެ. އޭނާ ފަހުން އިތުރަށް ސާފުކޮށްދެއްވި ގޮތުގައި އެ ޖުމްލަ އަދަދުގައި ހިމެނެނީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނެވެ. ދެ ޔަހޫދީއަކު މަރާލައިގެން ދުނިޔޭގެ ވެރިކަން ވަރަށް ބޮޑެތި ބަސްތަކުން ހިތާމަ ފާޅުކޮށް ކުށްވެރި ކޮށްފައި ވެއެވެ، ނަމަވެސް އެމީހުންގެ އިހުސާސްތައް އައްސިވެފައިވާ މިންވަރުން ޣައްޒާގެ މުސްލިމުންގެ ހާލަތު ޔަހޫދީންނާ އެއްވަރަކަށް މި ޒަޔަނިސްޓު ސޮލީބީންނަކަށް އިހުސާސެއް ނުކުރެވެއެވެ. އދ. ގެ އެހީއާ ބެހޭ އިސްވެރިޔާ ބީބީސީއަށް ދެއްވި ބަޔާނެއްގައި ވިދާޅުވީ ކާނާގެ އެހީތެރިކަމެއް ނުލިބިއްޖެނަމަ 14،000 ކުޑަކުދިން މަރުވެދާނެ ކަމަށް ބެލެވޭ ކަމަށެވެ. އަބޫ ރަމަޟާން ވިދާޅުވީ: "14،000 އަކީ ވަރަށް ޙަޤީޤަތާ ގާތް އަދަދެއް، އަދި ފަހަރެއްގައި މަތިވެދާނެ." ކަމަށެވެ. އަބޫ ރަމަޟާން ވިދާޅުވި ގޮތުގައި ޣައްޒާގެ 36 ހޮސްޕިޓަލުގެ ތެރެއިން މިހާރު މަސައްކަތްކުރަމުންދަނީ އެންމެ 8 ހަސްފަތާލެވެ. ޔަހޫދީން ވަނީ ބޮންއަޅައި އެތަންތަން އަންދާލައި ފައެވެ. ޔަހޫދީން ހިސާރަ ކުރުމުން މެޑިކަލް ސްޓޮކްގެ 90 އިންސައްތައަށްވުރެ ގިނަ ސާމާން މިހާރު ވަނީ ހުސްވެފައެވެ.

ގުޅުންހުރި ޚަބަރު