ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
ޕާރުސަލުން ދެ ޔޫރޯ
ދުނިޔެ

ޕާރުސަލުން ދެ ޔޫރޯ

އއިބްރާހީމްް ސަމީރު23 މޭ 2025
ޔޫރަޕިއަން ޔޫނިއަނަށް ވަންނަ އަގުހެޔޮ ޕެކޭޖުތަކަށް 2 ޔޫރޯ (ގާތްގަނޑަކަށް 2.25 ޑޮލަރު) ގެ ފީއެއް ނެގުމަށް ނިންމީ، ޓެމޫ އަދި ޝެއިން ފަދަ ޗައިނީޒް އީ-ކޮމާސް ޕްލެޓްފޯމްތަކުން އަންނަ އަގުހެޔޮ މުދަލުގެ ސަބަބުން ކުދި ވިޔަފާރިތަކަށް ގެއްލުން ލިބޭތީ ކަމަށް ބުނެއެވެ. އީޔޫން ބޭނުން ވަނީ، 150 ޔޫރޯ (168.75 ޑޮލަރު) އަށްވުރެ ދަށް އަގުގެ ޕާރްސަލްތަކަށް ކުރިން ދީފައިޥާ ލުއި މުރާޖައާކޮށް، ފީއެއް ނަގަން ފަށާށެވެ. ޔޫރަޕިއަން ޔޫނިއަންގެ ވިޔަފާރީގެ އިސްވެރިޔާ މާރޯސް ސެފްކޮވިޗް ވިދާޅުވަނީ ކޮންމެ ޕާސަލްއަކަށް ނެގޭ މި ފީ ދައްކާނީ އީ-ކޮމާސް ޕްލެޓްފޯމްތަކުން އަމިއްލައަށް ކަމަށެވެ. މި ފިޔަވަޅު ފަރުމާކުރެވިފައިވަނީ އަގުހެޔޮ އިމްޕޯޓުތައް ގިނަވަމުން ދިއުމާ ގުޅިގެން ކުރިމަތިވާ އިޤްތިޞާދީ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށްކަމަށް އޭނާ ވިދާޅުވެއެވެ. މި އިމްޕޯޓުތަކުގެ ބޮޑު ބައެއް އަންނަނީ ޗައިނާއިންނެވެ. އީ ކޮމާސް ޕްލެޓްފޯމްތަކުން ސީދާ ކަސްޓަމަރުންނަށް ފޮނުވާ ޝިޕްމަންޓްތައް އިތުރު ވެގެން ދިއުމުން ރަށުތެރޭގެ ވިޔަފާރިތަކަށްވުރެ މުދާ އަގުހެޔޮވެ، ޖީއެސްޓީއާއި ކަސްޓަމްސްގެ ނިޒާމުތަކަށް ގެއްލުން ވެއެވެ. މި ފީއަކީ ޗައިނާ މުދަލަށް ލިބިފައިވާ ވާދަވެރި ފައިދާއާ މެދު ޔޫރަޕްގައި  އުފެދިފައިވާ ހިތްހަމަނުޖެހުން ދައްކުވައިދޭ ކަމެކެވެ. މިއީ ހަމަހަމަނޫން ވިޔަފާރީގެ އާދަތަކާއި ތިމާވެށްޓަށް ކުރާ އަސަރުތަކާ މެދު ކަންބޮޑުވުންތައް އުފެދިފައިވާ ދަނޑިވަޅެއްގައި އަޅާ ފިޔަވަޅެކެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ފެންވަރު ދަށް މުދާ އާންމުވުމުން ޔޫރަޕުގެ އުފެއްދުންތެރިންނަށް ނޭދެވޭ އަސަރުކޮށްފައި ވެއެވެ. އެހެންނަމަވެސް މި ޕްލެޓްފޯމްތަކަށް ތާއީދުކުރާ ފަރާތްތަކުން ބުނާ ގޮތުގައި އަގުތައް މައްޗަށް ދާ މި ދުވަސްވަރު މިއީ އާންމު މީހާއަށް އޮތް ފައިދާއެކެވެ. ނަމަވެސް މުދާ އަގުހެޔޮ ވުމުން މުދާ ބޭނުންކޮށް ތަކެތި ގަތުމުގެ ޝައުގުވެރިކަމެއް އުފައްދާލައެވެ.

ގުޅުންހުރި ޚަބަރު