ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ލާހޫރޭ އުދުހޭ ބޮން
ދުނިޔެ

ލާހޫރޭ އުދުހޭ ބޮން

އއިބްރާހީމްް ސަމީރު23 މޭ 2025
އިންޑިއާއިން މަސައްކަތް ކުރަނީ ގްރޫޕެއްގެ ގޮތުގައި ބޭނުން ކުރެވޭ ޑްރޯންތަކާއި މަތީގައި ލާހޫރޭ ވަޒަން ހަރުކޮށްފައިވާ ގޮއްވާލާ ޒާތުގެ އުދުހޭ ބޮން ވެސް އަވަހަށް، އަދި ގިނައިން އުފައްދާށެވެ. އަވަސް ގޮތަކަށް ޤައުމުގެ ދިފާޢީ ޤާބިލުކަން އިތުރު ކުރަން ޖެހޭ ކަމަށް އިންޑިއާ ސަރުކާރުން ބުނެއެވެ. ހިންދުސްތާން އެރޮނޯޓިކްސް ލިމިޓެޑް (ހާލް) އިން ވަނީ ޖެޓް އިންޖީނު ހަރުކުރެވިފައިވާ ވައްތަރުގެ ބޮޑު ސައިޒްގެ ޑްރޯނެއްވެސް އުފެއްދުމަށް ހުށަހަޅާފައެވެ. އަދި މި ޔޫއޭވީގެ ސްޕީޑާއި ބަރުދަން އުފުލުމުގެ ޤާބިލުކަމަށްޓަކައި ސިފައިންގެ ތެރޭން ވަނީ ވަރަށް ބޮޑު ތާއީދެއް ލިބިފައިވެއެވެ. މި ޔޫއޭވީތަކުގެ މަޤްޞަދަކީ ސަލާމަތްތެރި ދުރުމިނަކުން އަމާޒަށް ހަމަލަ ދީ ހަނގުރާމައިގައި ފާރަވެރި ވުމެވެ. ޑިފެންސް ރިސަރޗް އެންޑް ޑިވެލޮޕްމަންޓް އޯގަނައިޒޭޝަން (ޑީއާރްޑީއޯ) ގެ ދަށުން ހިނގަމުންދާ އެރޮނޯޓިކަލް ޑިވެލޮޕްމަންޓް އެސްޓެބްލިޝްމަންޓް (އޭޑީއީ) އިން ވަނީ ބަރު ހަތިޔާރުތައް އުފުލޭ ބުރަފަތިލީ ޒާތުގެ ޔޫއޭވީއެއްގެ މަސައްކަތް ކުރަމުންނެވެ. މިއީ އުހުގައި ވަރަށް ގިނަ އިރު ވަންދެން ދަތުރުކުރެވޭ (މީޑިއަމް-އަލްޓިޓިއުޑް ލޯންގް-އެންޑިއުރަންސް) ޔޫއޭވީ ޕްރޮގްރާމް ގެ ބައެކެވެ. އިންޑިއާއަށް ކުއްލިއަކަށް ޑްރޯންގެ މުހިންމުކަން އިހުސާސް ކުރެވިއްޖެއެވެ. އިންޑިއާއިން ވަނީ ވަރަށް އުހުގައި ދަތުރުކުރެވޭ ދިގު މުއްދަތަކަށް މަތީގައި ވަގުތު ހޭދަކުރެވޭ ބެޓެރި ބާރުގަދަ ޑްރޯން އުފެއްދުމުގެ މަސައްކަތް އަވަހަށް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.

ގުޅުންހުރި ޚަބަރު