ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
އެޕަލްގެ އައިފޯން 16
ދުނިޔެ

އެޕަލްގެ އައިފޯން 16

އއިބްރާހީމްް ސަމީރު23 މޭ 2025
މިހާރު އައިފޯންތަކުގެ 75 އިންސައްތަ އުފައްދަނީ ޗައިނާގައެވެ. އަދި އިންޑިއާގެ ހިއްސާއަކީ 18 އިންސައްތައެވެ. ޓާޓާ އިލެކްޓްރޯނިކްސްއިން އެޕަލްގެ އައިފޯން 16 އަދި 16އީ މޮޑެލްތައް އެސެމްބްލްކުރަން ފަށައިފިއެވެ. މިއީ ސްމާޓްފޯނުގެ ސަޕްލައި ޗެއިންގައި މުހިންމު ދައުރެއް އަދާކުރާ ފަރާތަކަށް އިންޑިއާ ހެދުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެކެވެ. މި ޓާޓާ ފެކްޓްރީއަކީ ކުރިން އައިފޯންގެ ބޭރު ތޮށިގަނޑު އުފެއްދުމަށް ޚާއްސަ ފެކްޓްރިއެކެވެ. މި ޕްލާންޓްގައި  މިހާރު ދެ އެސެމްބްލީ ލައިން ވަނީ ޤާއިމުކޮށްފައެވެ. އަދި ކުރި މަގުގައި 4 އެސެމްބްލީ ލައިންއަށް އިތުރުކުރުމުގެ ޕްލޭންތައް ވެސް ވަނީ ރޭވިފައެވެ. މި ކޮންމެ ލައިނެއްގައި 2،500 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާނެއެވެ. މިއީ ޓާޓާއިން ވިސްޓްރޮން އަދި ޕެގަޓްރޮންގެ އިންޑިއާގެ އޮޕަރޭޝަންތައް ގަތުމުން އައި ކުރިއެރުމެކެވެ. މިއީ އެޕަލްއިން އައިފޯން އުފެއްދުން ޗައިނާ ފިޔަވައި އެހެން ޤައުމުތަކަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެޅޭ ބާރެކެވެ. 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ހިނގި އަލިފާނުގެ ހާދިސާއެއްގެ ސަބަބުން މި ފެކްޓްރީގެ މަސައްކަތަށް ލަސްވުމެއް އައި ނަމަވެސް، ޓާޓާއިން މިހާރު ވަނީ ފޯނުގެ ބޭރު ތޮށިގަނޑު އުފެއްދުން 50،000 ޔުނިޓަށް އިތުރު ކޮށްފައެވެ. މިއީ ބައިލައްކަ ވަޒީފާ އުފައްދާފައިވާ ޕްލާންޓެކެވެ.

ގުޅުންހުރި ޚަބަރު