ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
10 ވަނަ ފަހަރަށް ވަޒަނުން ބޭރުކޮށްލައިފި
ދުނިޔެ

10 ވަނަ ފަހަރަށް ވަޒަނުން ބޭރުކޮށްލައިފި

އއިބްރާހީމްް ސަމީރު23 މޭ 2025
ޣައްޒާގެ ގިނަ ރައްޔިތުން މިހާރު ވަނީ 10 ވަނަ ފަހަރަށް އެމީހުންގެ ސާމާން ކޮޅު ހިފައިގެން އެހެން ރައްކާތެރި ކަމަށް ބެލެވޭ ހިސާބުތަކަށް ދަތުރު ފަށާފައެވެ. މީހުން ދަނީ އެމީހުންގެ ވަގުތީ ޓެންޓުތައް ނަގައި ބޮނޑި ބަންނަމުންނެވެ. މިއަދު ދީފައިވާ އިންޒާރާއެކު ގިނަ  މީހުން ތިބީ ޣައްޒާ ސިޓީގެ ކަނޑުގެ އައްސޭރިފަށުގައި މަގުމަތީގައެވެ. މިއީ ކުރިން މީހުން ގިނައިން ޒިޔާރަތްކުރާ ތަނެއް ނަމަވެސް، މިހާރު ވަނީ މީހުން ތޮތް ޖެހިފައިވާ ކޭމްޕަކަށް ބަދަލުވެފައެވެ. މީހުން ނިދަނީ ކާޑުބޯޑު މަތީގައި ނުވަތަ މަގުމަތީގައެވެ. ޣައްޒާ ރައްޔިތުން 10 ވަނަ ފަހަރަށް ވަޒަނުން ބޭރުކޮށްލައިފިއެވެ. އަގްސާ ޠޫފާނަށް ފަހު އިޒްރޭލުން ފަށާފައިވާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި މިއަދު ފަލަސްޠީނު މީހުން ބައިތު ހަނޫން، ބައިތު ލާހިޔާ އަދި ޖަބާލިޔާ އިން ބޭރު ވުމަށް ޔަހޫދީ ސިފައިން ވަނީ އޯޑަރު ނެރެފައެވެ. ޔަހޫދީން ޣައްޒާއަށް އަޅާފައިވާ ހިސާރަ ކުރުމާއެކު ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޣައްޒާއަށް ވަދެފައިވަނީ އެންމެ 87 ލޮރިއެވެ. އޭގައި ގިނައިން ހުރީ ފުށެވެ. ކުރިން ކޮންމެ ދުވަހަކު ޣައްޒާއަށް 500 ލޮރީގެ ފުށް ވައްދައެވެ. އިންސާނީ އެހީއަށް ބޭނުންވާ މިންވަރު އިތުރުވެ، ބަނޑުހައިހޫނުކަން ކުރިމަތިވަމުންދާއިރު، އދން ބުނަނީ އިޒްރޭލުން އދިވެސް ދަނީ ލޮރިތައް ވަނުމަށް ހުރަސް އަޅަމުން ކަމަށެވެ.

ގުޅުންހުރި ޚަބަރު