ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
"އޮޕަރޭޝަން ސިންދޫރު" ގެ މައުލޫމާތު ދިނުން
ދުނިޔެ

"އޮޕަރޭޝަން ސިންދޫރު" ގެ މައުލޫމާތު ދިނުން

އއިބްރާހީމްް ސަމީރު23 މޭ 2025
އިންޑިއާއިން ވަނީ 7 މެއިގައި ޕާކިސްތާނާއި ޕާކިސްތާނުގެ ބާރުގެ ދަށުގައިވާ ކަޝްމީރުގައި ހުރި 9 ޓެރަރިސްޓު ކޭމްޕަކަށް ހަމަލަ ދީފައެވެ. އެކަމާ ގުޅޭ މައުލޫމާތު ދިނުމަށް، 23 މެއި އިން ފެށިގެން، ޕާލަމެންޓްގެ 51 މެމްބަރުންނާއި ކުރީގެ 8 އެމްބެސެޑަރުން ހިމެނޭ ހުރިހައި ޕާޓީތަކުގެ 7 ވަފްދެއް އެކި ގައުމުތަކަށް ޒިޔާރަތް ކުރާނެއެވެ. މި ވަފްދުތައް އދގެ  ސެކިއުރިޓީ ކައުންސިލްގެ މެމްބަރުންނާއެކު ޖުމުލަ 32 ގައުމަކަށް ޒިޔާރަތް ކުރާނެއެވެ. މި މަސައްކަތުގެ މަޤްޞަދަކީ ޕާކިސްތާނާ ދެކޮޅަށް ވާހަކަ ދައްކައި، ޕާކިސްތާންގެ ވާހަކަތަކަށް ރައްދުދިނުމާއި، ޓެރަރިޒަމާ މެދު އިންޑިއާގެ ޒީރޯ-ޓޮލަރެންސް ސިޔާސަތު ހާމަކޮށްދިނުމެވެ. އިންޑިއާއިން ވަނީ "އޮޕަރޭޝަން ސިންދޫރު" ގެ މައުލޫމާތު ދިނުމަށް ބޮޑު ޑިޕްލޮމެޓިކް ކެމްޕޭނެއް ފަށާފައެވެ. އިންޑިއާއިން ބުނަނީ 40 އަހަރަށް ވުރެން ގިނަ ދުވަސްވަންދެން އިންޑިއާއިން ޓެރަރިޒަމްގެ ޝިކާރައަކަށް ވެފައިވާ ކަމަށެވެ. މި ޑިޕްލޮމެޓިކް ކެމްޕޭނަކީ، 22 އޭޕްރިލްގައި ޕަހަލްގާމްގައި ހިނގި ހަމަލާއެއްގައި 26 އާންމު ރައްޔިތުން މަރުވުމާ ގުޅިގެން، ދިން ހަމަލައަށް ފަހު އެކަމުގެ މައުލޫމާތު ދިނުމަށް ދުނިޔޭގެ ގައުމުތަކަށް ވަފުދުތައް ފޮނުވައިގެން ހިންގާ ކެމްޕޭނެކެވެ. އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވަނީ އިންޑިއާގެ އަޒުމުގެ މައްޗަށް ބާރުއަޅުއްވައި، ޕާކިސްތާނުގެ ނިއުކްލިއަރ ބިރުދެއްކުންތަކުން އިންޑިއާގެ ފިޔަވަޅުތައް ނުހުއްޓުވޭނެކަމަށް ވިދާޅުވެފައެވެ.

ގުޅުންހުރި ޚަބަރު