ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ޤަތަރުން ޓްރަމްޕަށް ހަދިޔާ ކުރި އުދުހޭ ގަނޑުވަރު
ދުނިޔެ

ޤަތަރުން ޓްރަމްޕަށް ހަދިޔާ ކުރި އުދުހޭ ގަނޑުވަރު

އއިބްރާހީމްް ސަމީރު23 މޭ 2025
ޤަތަރުން ޓްރަމްޕަށް ހަދިޔާ ކުރި އުދުހޭ ގަނޑުވަރު ރަސްމީކޮށް އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު ގަބޫލު ކުރައްވައިފިއެވެ. ޓްރަމްޕް ވިދާޅުވީ މި ބޯޓު ބައްލަވައި ގަތީ ޓެކްސް ފައިސާ ސަލާމަތް ކުރައްވާށެވެ. ނަމަވެސް އޭނާގެ ދެކޮޅު ވެރިން ވަނީ މި ކަމާ ދެކޮޅަށް ވާހަކަ ދައްކާފައެވެ. "ހިލޭ އެއްޗެއް ލިބެން އޮއްވާ ސަތޭކަ މިލިއަން ޑޮލަރު ދައްކަން ރައްޔިތުންނަށް މަޖުބޫރުކުރަންވީ ކީއްވެގެންތޯ؟" މެދުއިރުމައްޗަށް ކުރެއްވި ދަތުރުގައި ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާގައި ޕޯސްޓްކުރެއްވިއެވެ. ނަމަވެސް، އެހެން ފަރާތްތަކުން ބުނެފައިވަނީ "އުދުހޭ ގަނޑުވަރު" އޭ ކިޔާފައިވާ މަތިންދާބޯޓެއް ޓްރަމްޕް ބައްލަވައިގަތުމަކީ ބޭރުގެ ހަދިޔާތައް ގަބޫލުކުރުން މަނާކުރާ ޤާނޫނުއަސާސީގެ މާއްދާއަކާ ޚިލާފު އަމަލެއް ކަމަށެވެ. ޑިމޮކްރެޓުން ވަނީ އެއްއަޑަކުން މިކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ރިޕަބްލިކަން ޕާޓީގެ ރައީސްގެ ބައެއް އެކުވެރިން ވެސް ވަނީ ކޮންގްރެސްގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އިދިކޮޅުން ބުނެފައި ވަނީ ފައިސާ ސަލާމަތްކުރުމުގެ ބަދަލުގައި، ޤާނޫނުއަސާސީއާ ޚިލާފު ޢަމަލަކުން އެމެރިކާގެ ޢިއްޒަތާއި ކަރާމާތް ޓްރަމްޕް ނަގައިލީ ކަމަށެވެ. މިއީ ބައުވެފައިވާ އެމެރިކާގެ ރިއާސީ ބޯޓު، އެއަރ ފޯސް ވަން ގެ ބަދަލުގައި ބޭނުންކުރުމަށް ޤަތަރުން ދިން ބޯއިންގ 747 މަތިންދާބޯޓެކެވެ. މިއީ ބޭރު ޤައުމަކުން ދިން މިފަދަ އަގުބޮޑު ހަދިޔާއެއް އެމެރިކާ ރައީސް ނޫނީ އެމެރިކާ ސަރުކާރުން ގަބޫލު ކުރި ފުރަތަމަ ފަހަރެވެ. ދިފާޢީ ވުޒާރާއިން އިއުލާން ކުރީ، އެ ބޯޓު ބަލައި ގަތުމަށްފަހު، "ރައީސް ބޭނުންކުރުމަށް ރައްކާތެރިކަން ޔަގީން ކޮށް ކަށަވަރުކުރުމަށް އެކަށީގެންވާ ސަލާމަތީ ފިޔަވަޅުތައް އެޅުމަށް މަސައްކަތްކުރާނެ" ކަމަށެވެ. ހެގްސެތު ބުނެފައިވަނީ މި މަތިންދާބޯޓު ބަލައިގަނެފައިވަނީ "ހުރިހާ ފެޑެރަލް ޤަވާޢިދުތަކާއި ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން" ކަމަށެވެ.

ގުޅުންހުރި ޚަބަރު