ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ޗައިނާގެ މުދަލަށް ބަރޯސާވުން
ދުނިޔެ

ޗައިނާގެ މުދަލަށް ބަރޯސާވުން

އއިބްރާހީމްް ސަމީރު23 މޭ 2025
ޔޫރަޕިއަން ޔޫނިއަނުން ބޭނުންވަނީ ޗައިނާގެ މުދަލަށް ބަރޯސާވުން ކުޑަކޮށް އެއިން މިނިވަންވާށެވެ. ޕިރިއަސް ޕޯޓު މެދުވެރިކޮށް ޔޫރަޕަށް ވަގަށް މުދާ އެތެރެކުރުމާއި ތިމާވެށްޓާ ގުޅޭ މައްސަލަތަކުގެ ރިޕޯޓުތަކުން ކަންބޮޑުވުން އުފެދިފައިވެއެވެ. ކަނަތުފިޔާގެ ސިޔާސީ ވިސްނުމުގެ މީހުން ދަނީ، ޗައިނާގެ މުދަލަށް ބަރޯސާވުން މަދުކުރުމަށް އެދިފައިވެއެވެ. ޗައިނާއާއި ޔޫރަޕްގެ ވިޔަފާރީގެ ގުޅުމަކީ މޫސުމީ ގުޅުމެކެވެ. ބައެއް މޫސުމަށް ރަނގަޅުވެފައި އަނެއް މޫސުމަށް ނުބައި ވެއެވެ. ޔޫރަޕިއަން ޔޫނިއަންގެ އައު ގަވާއިދުތަކުން ދައްކުވައިދެނީ ޗައިނާއާއެކު އޮތް ގުޅުން ރަނގަޅަށް ބަލަހައްޓަމުން، އަމިއްލަ މަޞްލަޙަތުތައް ރައްކާތެރިކުރުމަށް މި މޫސުމުގައި އަލުން އަމާޒު ހިފާފައިވާކަމެވެ. ޔޫރަޕްގެ އައު އެކްސްޕޯޓް ކޮންޓްރޯލްތަކުގެ މަޤްޞަދަކީ ޗައިނާގެ ކުންފުނިތަކަށް އެހެން ޤައުމުތަކުގެ ތެރެއިން ލައިގެން ވއަސް، މަނާކުރެވިފައިވާ ޓެކްނޮލޮޖީ ލިބުމަށް ހުރަސް އެޅައި އެ ޓެކްނޮލޮޖީ ލިބިޔަ ނުދިނުމެވެ. ޗައިނާއަށް ޓެކްނޮލޮޖީ ލިބުމަށް ހުރަސް އެޅުމަށް ޔޫރަޕްގެ ޖަމާއަތުންވެސް މަސައްކަތް ކުރެއެވެ. ޗައިނާގެ ވިޔަފާރީގެ އުސޫލުތަކާ މެދު ނުރުހިގެން، ޔޫރަޕިއަން ޔޫނިއަނުން ވަނީ ޗައިނާއަށް އެޑްވާންސްޑް ޓެކްނޮލޮޖީ، އަދި ވަކިން ޚާއްސަކޮށް، މަސްނޫޢީ ބުއްދި މަބުގެ އާޓިފިޝަލް އިންޓެލިޖެންސްއާ ގުޅުންހުރި ޗިޕްތައް ލިބުން ހަނިކުރުމަށް ގަވާއިދުތައް ހަރުކަށި ކުރަން ފަށާފައެވެ. މިއީ ޗައިނާގެ ތަރައްޤީއާ ގުޅިގެން އެމެރިކާއިން ޗައިނާއަށް ވިޔަފާރީގެ ޓެކްސް ބޮޑުކޮށް ދަތިކުރުމުގެ ފިޔަވަޅު އެޅިފަހުން ޔޫރަޕުން އަޅަން ނިންމާފައިވާ ފިޔަވަޅެކެވެ. ޔޫރަޕްގައި ޗައިނާއަށް އެންމެ ބޮޑު ފުރުސަތެއް ފަހިވެފައި ވަނީ ގްރީސް އިންނެވެ. އެގައުމުގައި ޗައިނާއިން ބިނާކޮށްފައިވާ ޕިރިއަސް ބަނދަރުގައި ކޮށްފައިވާ އިންވެސްޓްމަންޓްގެ ސަބަބުން ގްރީސްއަކީ ޗައިނާގެ މުހިންމު ބައިވެރިއެކެވެ. ނަމަވެސް ގްރީސްއަށް ޔޫރަޕުން ކުރިމަތވާ ފިއްތުން ތަކާ ހެދި ޔޫރަޕުން ދަނީ ބެއިޖިންގއާއެކު އޮތް ގުޅުމާ މެދު އަލުން ވިސްނަން ފަށާފައެވެ. ޔޫރަޕުން އަޅާ މިފަދަ ދަތިކުރުމުގެ ފިޔަވަޅުތަކުން ޗައިނާއަށް ކޮންމެވެސް އަސަރެއް ކުރާނެއެވެ. ނަމަވެސް މިކަމުގެ ސަބަބުން ޗައިނާގެ އާޓިފިޝަލް އިންޓެލިޖެންސްގެ ކުރިއެރުން ލަސްވެގެން ގޮސް ދުނިޔެއަށް ނޭދެވޭ އަސަރު ކުރާނެއެވެ.

ގުޅުންހުރި ޚަބަރު