ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
ޖާސޫސްކޮށް ޑޭޓާ ހޯދަފާނެ ކަމުގެ ބިރު
ދުނިޔެ

ޖާސޫސްކޮށް ޑޭޓާ ހޯދަފާނެ ކަމުގެ ބިރު

އއިބްރާހީމްް ސަމީރު23 މޭ 2025
އެންމެ ފަހުން ކޮށްފައިވާ ދިރާސާއަކުން ހާމަވެފައިވަނީ ޗައިނާގެ ޔުނިޓްރީ ރޮބޮޓިކްސްއިން އުފައްދާފައިވާ ގޯ1 ކުއްތާ ރޮބޮޓުތަކުގައި ގޮތް ނޭނގޭ ކޯޑުތަކެއް އަޅާފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ހުއްދައަކާ ނުލައި، ލައިވް ކެމެރާ ފީޑުތަކަށް ވަދެވޭނެއެވެ. އަދި ދުރުން އެތަކެތި ކޮންޓްރޯލްކުރެވޭނެ ފުރުސަތު އޮތްކަމަށް ބެލެވެއެވެ. މިކަމުގެ ސަބަބުން ސިނާއީ މަސައްކަތް ކުރާ ތަންތަނާއި އަދި ރިސަރޗް ފަދަ މަސައްކަތުގެ މުހިންމު ދާއިރާތަކަށް ޖާސޫސްކޮށް ޑޭޓާ ހޯދަފާނެ ކަމުގެ ބިރު އޮތް ކަމަށް ޔޫރަޕިއަން ޔޫނިއަންގެ ސަލާމަތީ ފަރާތްތަކުން ބުނެއެވެ. ޗައިނާގައި އުފައްދާފައިވާ ރޮބޮޓުތަކުގައި ގޮތް ނޭނގޭ ކޯޑުތަކެއް އަޅާފައި  ހުރެދާނެކަމަށް ހުޅަނގުގެ މީޑިއާގެ ރިޕޯޓުތަކުގައި ބުނުމާ ގުޅިގެން، އެފަދަ ރޮބޮޓުތަކާ މެދު ޔޫރަޕަޕިއަން ޔޫނިއަންގައި ކަންބޮޑުވުން އިތުރުވަމުންދެއެވެ. މިކަމުގެ ސަބަބުން އެ ގައުމުތަކުގެ ސެކިއުރިޓީއަށް ނުރައްކާތަކެއް ކުރިމަތިވެދާނެކަމަށް ބުނެއެވެ.

ގުޅުންހުރި ޚަބަރު