ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ސީއައިއޭ އިމާރާތް ބަންދު
ދުނިޔެ

ސީއައިއޭ އިމާރާތް ބަންދު

އއިބްރާހީމްް ސަމީރު23 މޭ 2025
ވަރޖީނިއާ ސްޓޭޓްގެ ލޭންގްލީގައި ހުންނަ އެމެރިކާގެ މަރުކަޒީ ޖާސޫސީ ސީއައިއޭގެ އޮފީހުގެ ސެކިއުރިޓީ އޮފިސަރުން ވަނީ މައި ގޭޓު ކައިރިން ކާރެއްގައި އައި އަންހެނަކާ ކުރިމަތިލައިފައެވެ.  އަދި މި އަންހެން މީހާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ. މި ހާދިސާއާ ގުޅިގެން ސީއައިއޭގެ މައި ގޭޓު ވަނީ ބަންދުކޮށްފައެވެ. އަދި މުވައްޒަފުންނަށް ވަނީ އެހެން މަގުތަކުން އޮފީހަށް އައުމަށް އަންގާފައެވެ. މި ހާދިސާއަކީ ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި ސީއައިއޭގެ މައި އޮފީހުގެ ކުރިމަތީގައި ހިނަގި މިފަދަ ދެވަނަ ހާދިސާއެވެ. ސީބީއެސް ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސީއައިއޭގެ ސެކިއުރިޓީ އޮފިސަރުން ވަނީ މައި ގޭޓާ ކައިރިވި މީހާ ހުއްޓުމަށް އެންގުމުންވެސް ނުހުއްޓި ކުރިއަށް ދިޔުމުން ބަޑި ޖަހާފައެވެ. މި އަންހެން މީހާގެ މެއަށް ވަނީ ވަޒަން އަރައި އަނިޔާވެފައެވެ. އަދި އޭނާ ވަނީ ހޮސްޕިޓަލަކަށް ގެންގޮސްފައެވެ. ނަމަވެސް އޭނާގެ ފުރާނައަށް ނުރައްކާވާ ވަރުގެ އަނިޔާއެއް ނެތް ކަމަށް ބެލެވެއެވެ.

ގުޅުންހުރި ޚަބަރު