ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
ހައްޔަރު އަމުރު ބާޠިލްކުރުމަށް
ދުނިޔެ

ހައްޔަރު އަމުރު ބާޠިލްކުރުމަށް

އއިބްރާހީމްް ސަމީރު24 މޭ 2025
އިޒްރޭލުން ވަނީ ހައްޔަރު އަމުރު ނެރުމާ ގުޅިގެން އައިސީސީގެ މުވައްޒަފަކު ލައްވައި ޗީފް ޕްރޮސެކިއުޓާ ކަރީމް ޚާން ބްލެކް މެއިލް ކުރުމަށް އޮޕަރޭޝަނެއް ހިންގާފައެވެ. އޭނާ މިހާރު ހުރީ މައްސަލައާ ދުރަށް ޖެހި ޗުއްޓީއެއްގައެވެ. ނަޒްހަރު ޚާން ބުނެފައި ވަނީ ކަރީމް ޚާން ނެތަސް ޕްރޮސީޖާއާ އެއްގޮތަށް ނެރެފައިވާ އަމުރެއް އުވައެއް ނުލެވޭނެ ކަމަށެވެ. ޔަހޫދީން ވަނީ އޭނާއަށް ލޮޓިއެއް ދޭނެ ކަމަށް އިންޒާރު ދީފައެވެ. އަދި އޭނާ ވަނީ އެ އަމުރު ނެރުމަށް ކޯޓުގެ އިޚްތިޞާޞް އޮތްކަމަށާއި، ނެތަންޔާހޫ އާއި ގަލަންޓްގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލުމަށް އެކަށީގެންވާ ހެކި ހުރިކަން އަލުން ކަށަވަރުކޮށްދޭ ކަމަށް ވެސް ބުނެފައެވެ. އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު (އައި.ސީ.ސީ) އިން ނެތަންޔާހޫ އާއި ކުރީގެ ދިފާޢީ ވަޒީރު ޔޯވް ގަލަންޓާ ދެކޮޅަށް ނެރެފައިވާ ހައްޔަރު އަމުރު ބާޠިލްކުރުމަށް އިޒްރޭލުން ކުރި މަސައްކަތް ބަލައިނުގަންނާނެ ކަމަށް ޑެޕިއުޓީ ޕްރޮސެކިއުޓަރ ނަޒްހަތު ޚާން ބުނެފިއެވެ. އޭނާ ވަނީ އެކަން ނުކުރެވޭނެ ސަބަބު 10 ޞަފްޙާގެ ލިޔުމެއްގައި ބަޔާންކޮށްފައެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން 2024 ވަނަ އަހަރުގެ މޭ މަހުގެ 20 ވަނަ ދުވަހާ ހަމައަށް ޣައްޒާގައި ހަނގުރާމައިގެ ޖަރީމާތައް ހިންގުމުގެ ސަބަބުން ޔަހޫދީ ދެ ވެރިންނަށް ވަނީ އިންސާނިއްޔަތާ ދެކޮޅު ކުށްތައް ހިންގާފައި ވާތީ ހައްޔަރު ކުރުމަށް އަމުރު ނެރެފައެވެ. އެ އަމުރު ނެރުމުގެ ކުރިން މި ވެރިންނާ ދެކޮޅަށް ހުށަހެޅި މައްސަލަ ބަލާފައި ވަނީ ބައިނަލްއަގްވާމީ ޓީމަކުންނެވެ. އެ ކޯޓުން ބުނެފައިވާ ގޮތުގައި ހައްޔަރު އަމުރު ބާޠިލްކުރެވެނީ ހަމައެކަނި މީހަކު މަރުވުމުން ނުވަތަ އިސްތިސްނާއީ ޙާލަތްތަކުގައެވެ. މި ދެ ޙާލަތުގެ ތެރެއިން އެއްވެސް ޙާލަތެއް ނަތަންޔާހޫގެ މައްޗަށް ނުފެތޭ ކަމަށް ބުނެއެވެ. މިއަދު ޓްރަމްޕް ވަނީ ވައިތް ހައުސްގައި ދެކުނު އެފްރިކާގެ ރައީސާ ބައްދަލު ކުރައްވާފައެވެ. މި ދައުވާ އުފުލި ފަރާތަކީ ދެކުނު އެފްރިކާއެވެ. ޓްރަމްޕް ވަނީ މި ދައުވާއިން ނަތަންޔާހޫ ސަލާމަތް ވާނެ ކަމަށް ބުނެފައެވެ. ޓްރަމްޕް އެހެން ބުނެފައި ވަނީ، އައިސީސީއާ ދެކޮޅަށް ފިޔަވަޅު އަޅައި އެކޯޓުގެ މައްސަކަތް ޓްރަމްޕް ހުއްޓުވާފައިވާތީ މި 4 އަހަރު ތެރޭ އެއްވެސް ކަމެއް ކުރިއަށް ނުދާނެ ކަން ސާބިތު ކޮށްދިނުމުގެ ގޮތުންނެވެ.

ގުޅުންހުރި ޚަބަރު