ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ޔޫރަޕްގެ ޖަމާއަތުން ސީރިއަސް ފިޔަވަޅުތަކަށް އެދެފި
ދުނިޔެ

ޔޫރަޕްގެ ޖަމާއަތުން ސީރިއަސް ފިޔަވަޅުތަކަށް އެދެފި

އއިބްރާހީމްް ސަމީރު27 މޭ 2025
ޔޫރަޕިއަން ޔޫނިއަނުގެ ޚާރިޖީ ސިޔާސަތުގެ އިސްވެރިޔާ ކާޖާ ކަލާސް، އިޒްރޭލާއެކު އޮތް ވިޔަފާރީގެ އެއްބަސްވުން މުރާޖަޢާކުރާނެ ކަމަށް ބުނި ތާ ހަފްތާއެއްގެ ފަހުން ޔޫރަޕިއަން ޔޫނިއަނުގެ އިސް އޮފިޝަލުންގެ ގްރޫޕަކުން ވަނީ އިޒްރޭލުން ޣައްޒާގައި އުފައްދާފައިވާ އިންސާނީ ކާރިސާއާ ގުޅިގެން ޔޫރަޕިއަން ޔޫނިއަނުން "މާނަހުރި އެއްވެސް ފިޔަވަޅެއް" އަޅާފައިނުވާ ކަމަށް ބުނެ ސިޓީއެއް ފޮނުވާފައެވެ. ޔޫރަޕިއަން ކޮމިޝަންއާއި ޔޫރަޕިއަން ޔޫނިއަނުގެ އެކި މުއައްސަސާތަކުގައި މަސައްކަތްކުރާ އޮފިޝަލުން މީގެ އަހަރެއް ކުރިން ވެސް މިފަދަ ސިޓީއެއް ފޮނުވާފައިވެއެވެ. އެ ދުވަސްވަރު އެ ފަރާތްތަކުން ބުނެފައިވަނީ، ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ޖަރީމާތަކަކީ އެތަން ފަނާކޮށްލުމަށް އަޅާނުލާ ތިބުން ފަދަ ކަމެއް ކަމަށާއި ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން އުފެއްދި "ޔޫރަޕިއަން ޕްރޮޖެކްޓް" ގެ މަޤްޞަދުތަކާ ޚިލާފު ކަމެއް ކަމަށެވެ. ދަ ގާޑިއަން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި "އީޔޫ ސްޓާފް ފޯ ޕީސް" ގެ ނަމުގައި ފޮނުވި މި ސިޓީގައި، 27 މެންބަރުންގެ މި ޖަމްޢިއްޔާއިން "ފިޔަވަޅު ނޭޅުމުގެ" ސަބަބުން "މިވަގުތު ޣައްޒާގައި ހިންގަމުންދާ ފުޅާ ކާރިސާއަށް މަގުފަހިވެފައިވާ ކަމަށާއި އިޒްރޭލު ޖަވާބުދާރީނުވުމުގެ މާހައުލެއް އުފެދުމަށް މަގުފަހިވެފައިވާ" ކަމަށް ބުނެފައިވެއެވެ. މި ސިޓީން ދޭހަވަނީ، ޣައްޒާގެ ހާލަތާ ގުޅޭ ގޮތުން ޔޫރަޕިއަން ޔޫނިއަނުގެ ސިޔާސަތުތަކާ މެދު އެ ޖަމާއަތުގެ އަމިއްލަ އޮފިޝަލުންގެ މެދުގައި ވެސް ނުތަނަވަސްކަން އޮތްކަމެވެ.

ގުޅުންހުރި ޚަބަރު