ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
މުސްލިމު ކޮންގްރެސް މެމްބަރާ ދިމާކޮށްފައި
ދުނިޔެ

މުސްލިމު ކޮންގްރެސް މެމްބަރާ ދިމާކޮށްފައި

އއިބްރާހީމްް ސަމީރު27 މޭ 2025
ޒަޔަނިސްޓުންނާއި އިޒްރޭލަށް ތާއީދުކުރާ ޔަހޫދީ މިލިއަނަރުންގެ ފަރާތްތަކާއި އަދި ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރާ މިލިއަނަރުންނާއި އެވެރިންގެ ފައިސާ ދޭ ޖަމާޢަތަކުން ތާއީދުކުރާ ޑިމޮކްރެޓިކް ކެންޑިޑޭޓަކަށް އެހީވަމުން އެމީހުން ދަނީ އިލްހާން އުމަރުގެ ގޮނޑި ގެއްލުވާލުމަށް މަސައްކަތް ކުރަމުން ކަމަށް އެ ރިޕޯޓުގައި ބުނެފައި ވެއެވެ. "ދި އިންޓަރސެޕްޓް" ވެބްސައިޓުން އަކީލާ ލީސީ ތައްޔާރުކުރި ރިޕޯޓެއް ޝާއިޢުކޮށްފައިވެއެވެ. އެ ރިޕޯޓުގައި އެމެރިކާ-އިޒްރޭލް ޕަބްލިކް އެފެއާޒް ކޮމިޓީ "އައިޕެކް" އިން އެމރިކާގެ ކޮންގްރެސްގެ މެމްބަރު އިލްހާން އުމަރުގެ ބޯކޮޅު ބަލަމުން ޔަހޫދީންގެ ޖަމުއިއްޔާ އައިޕެކް އިން މަސައްކަތް ކުރަމުންދާ ކަމަށް "ދި އިންޓަރސެޕްޓް" އިން ރިޕޯޓުކޮށްފިއެވެ. އައިޕެކްއަކީ އެމެރިކާ ކޮންގރސްގެ މެމްބަރުންނާއި އެމެރިކާ ސަރުކަރުގެ މަސްއޫލުވެރިންނަށް ނުސީދާކޮށް ރިޝްވަތު ދީގެން އިޒްރޭލާއި ޒަޔަނިސްޓުން ބޭނުންވާ ގޮތަށް ކަންކަން ކުރުވާ ޚާއްސަ ޖަމުއިއްޔާއެވެ. މިކަން ފެށުނީ ޑިމޮކްރެޓިކް މެންބަރު ޢުމަރުގެ ދާއިރާގެ ވޯޓުދޭ މީހުންނަށް ފޮނުވުނު ސާރވޭއަކުންނެވެ. އެ ސާވޭ ދިރާސާ ކުރި ނޫސްވެރިން ބުނެފައި ވަނީ އޭގައި "އައިޕެކް" ގެ އިސްތިރާޖީގެ ސިފަތައް ހުރިކަން ފާހަގަކުރެވޭ ކަމަށެވެ.

ގުޅުންހުރި ޚަބަރު