ދިވެހި|English 9 ޖުލައި 2026 · 05:11
Top banner
Advertisement
މާދަމާ ހައްޖު މަހު 1 ވަނަ ދުވަސް
ދުނިޔެ

މާދަމާ ހައްޖު މަހު 1 ވަނަ ދުވަސް

އއިބްރާހީމްް ސަމީރު28 މޭ 2025
ސަޢޫދީ ޢަރަބިއްޔާގެ ސުޕްރީމް ކޯޓުން އިޢުލާނުކުރި ގޮތުގައި މިއަހަރުގެ ޛުލްޙިއްޖާ މަހުގެ 1 ވަނަ ދުވަހަކީ 28 މެއި 2023 ވާ ބުދަ ދުވަހެވެ. މިކަން އިޢުލާނުކޮށްފައިވަނީ ޛުލްޙިއްޖާ މަހުގެ ހަނދު ފެނުމާ ގުޅިގެންނެވެ. ސަޢޫދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ރިޕޯޓުކުރި ގޮތުގައި، މިއަހަރުގެ ހައްޖުގެ އެންމެ މުހިންމު ދުވަސްކަމުގައިވާ ޢަރަފާތު ދުވަހަކީ ބުރާސްފަތި ދުވަސް، 5 ޖޫން 2023 ކަމަށް ވެސް ސުޕްރީމް ކޯޓުން ވަނީ އިޢުލާނުކޮށްފައެވެ. އަދި ޢީދުލްއަޟްޙާގެ ފުރަތަމަ ދުވަހަކީ ހުކުރު ދުވަސް، 6 ޖޫން 2023 ކަމަށްވެސް ވަނީ އިޢުލާނުކޮށްފައެވެ. މި ނިންމުން ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ ހަނދުބެލުމުގެ ޑިޕާޓްމަންޓުގެ ބައްދަލުވުމެއްގައި، ޛުލްޙިއްޖާ މަހުގެ ހަނދު ފެނުނު ކަމަށް ހެކިވި ފަރާތްތަކުގެ ހެކިބަހަށް ބެލުމަށްފަހުގައެވެ. ސުޕްރީމް ކޯޓުން ވަނީ ހައްޖުވެރިންނަށް އެބައިމީހުންގެ ހައްޖުގެ އަޅުކަން ފަސޭހަކަމާއެކު އަދާކުރުމުގެ ތައުފީޤު ދެއްވުމަށާއި، އެބައިމީހުންގެ ކިބައިން އަޅުކން ޤަބޫލުކުރެއްވުމަށް އަދި ސަޢޫދީ ޢަރަބިއްޔާގެ ސަލާމަތްތެރިކަމާއި، ހަމަޖެހުމާއި، ފާގަތިކަން ދެމެހެއްޓުމަށް ދުޢާކޮށްފައެވެ.

ގުޅުންހުރި ޚަބަރު