ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
އަމިއްލަ އުފެއްދުމުގެ މޮޅުކަން
ދުނިޔެ

އަމިއްލަ އުފެއްދުމުގެ މޮޅުކަން

އއިބްރާހީމްް ސަމީރު29 މޭ 2025
"އޮޕަރޭޝަން ސިންދޫރު" ގެ ނަމުގައި ދިން މި ހަމަލާގައި އިންޑިއާގެ އަމިއްލަ އުފެއްދުންތެރިކަމުގެ މޮޅުކަން ސާބިތުވި ކަމަށް އިންޑިއާއިން ބުނެއެވެ. މި ހަމަލާގައި އިންޑިއާއިން ބޭނުންކޮށްފައިވަނީ އާކާޝް އެއަރ ޑިފެންސް ސިސްޓަމް، ބްރަހްމޯސް ކްރޫޒް މިސައިލް، ނަގަސްޓްރާ-1 ޑްރޯން އަދި އަކާޝްތީރު ކޮންޓްރޯލް ސިސްޓަމް ފަދަ އިންޑިއާގެ އަމިއްލަ އުފެއްދުންތަކެވެ. މި ހަތިޔާރުތަކުގެ ސަބަބުން ޕާކިސްތާނުގެ ޑްރޯންތަކާއި މިސައިލްތަކާއި އަދި ޗައިނާއިން ގަނެފައިވާ ހަތިޔާރުތައް ވަނީ ނައްތާލެވިފައެވެ. އިންޑިއާގެ ސަލާމަތީ ބާރުތަކުން ޕާކިސްތާނަށް ދިން ސިންދުރު އޮޕަރޭޝަންގައި 100 އަށްވުރެ ގިނަ ޓެރަރިސްޓުން މަރާލައި ކަމަށް ބުނެއެވެ. މި ހަމަލާ ދިނީ 2025 ވަނަ އަހަރުގެ މޭ މަހުގެ 7 އާއި 8 ވަނަ ދުވަހުގެ ދެމެދުގައެވެ. މި ހަމަލާ ދިނުމުގެ ސަބަބަކަށްވީ އޭޕްރިލް 22 ގައި ޕާކިސްތާނުގެ އެހީތެރިކަމާއެކު ޓެރަރިސްޓުން އިންޑިއާގެ ޕަހަލްގާމްގައި ދިން ހަމަލާއެއްގައި 26 ހިންދޫ އާންމުން މަރާލުމެވެ. އިންޑިއާއިން ޕާކިސްތާނާއި ޕާކިސްތާނުގެ ބާރުގެ ދަށުގައިވާ ކަޝްމީރުގެ 9 ސަރަހައްދަކަށް ހަމަލާދީފައިވެއެވެ. މީގެ ތެރޭގައި ޖައިޝޭ މުހައްމަދު، ލަޝްކަރޭތައިބާ އަދި ހިޒްބުލް މުޖާހިދީން ފަދަ ޓެރަރިސްޓް ޖަމާއަތްތަކުގެ މަރުކަޒުތައް ހިމެނެއެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެފައިވަނީ މިއީ ޓެރަރިޒަމަށް އެއްވެސް ފުރުސަތެއް ނުދޭނެކަމުގެ ނިޝާނެއް ކަމަށެވެ. އަދި ޕާކިސްތާނުގެ ނިއުކްލިއަރ ބިރުދެއްކުމަށް ބޯލަނބާލުމެއް ނެތްކަމަށް ވިދާޅުވެފައިވެއެވެ. މި ހަމަލާގެ ސަބަބުން އިންޑިއާގެ ހަތިޔާރު އެކްސްޕޯޓްކުރުމުގެ ފުރުސަތުތައް އިތުރުވެ، ފިލިޕީންސް، ވިއެޓްނާމް އަދި އާރްމީނިއާ ފަދަ ގައުމުތަކުން އިންޑިއާގެ ހަތިޔާރުތަކަށް ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ. ނަމަވެސް، މާހިރުން ބުނާ ގޮތުގައި އިންޑިއާގެ މި ކުރިއެރުން ދެމެހެއްޓުމަށްޓަކައި ދިފާއީ ބަޖެޓް އިތުރުކޮށް، ހަތިޔާރު ހޯދުމުގެ ނިޒާމު ހަރުދަނާކޮށް، އަދި ދިރާސާތަކަށް އިސްކަންދޭންޖެހެއެވ

ގުޅުންހުރި ޚަބަރު