ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ބަލޫޗިސްތާނުގެ ސޫރަބް ސިޓީ
ދުނިޔެ

ބަލޫޗިސްތާނުގެ ސޫރަބް ސިޓީ

އއިބްރާހީމްް ސަމީރު3 ޖޫން 2025
ބެލޫޗިސްތާނުގެ ސޫރަބް ސިޓީގެ ފުރިހަމަ ކޮންޓްރޯލް ބެލޫޗިސްތާން ލިބަރޭޝަން އާމީ (ބީއެލްއޭ) އިން ހޯދައިފިއެވެ އެމީހުން ވަނީ ކޯޑިނޭޓްކޮށް ހަމަލާދީ ޕޮލިސް ސްޓޭޝަންތަކާއި ބޭންކުތަކާއި ސަރުކާރުގެ އޮފީސްތަކަށް އަމާޒުކޮށްފަ އެވެ. ބީއެލްއޭ އިން ވަނީ ވިޔަފާރި ބޭންކެއް ލޫޓުވައި، ދައުލަތުގެ އޮފިޝަލުންގެ ގެދޮރު އަންދާލާފަ އެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ އެ ހަމަލާ ކުށްވެރިކުރައްވައި، އިންޑިއާގެ ބައިވެރިވުން އޮތް ކަމަށް ވިދާޅުވެފައެވެ. އަދި، އިންޑިއާއިން ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ. މިހާރު ކުރިއަށްދާ ވަކިވެގަތުމުގެ ކެމްޕޭންގެ ބައެއް ކަމަށްވާ ބީއެލްއޭގެ މި އޮޕަރޭޝަނުން ފާހަގަކޮށްލެވެނީ ބާލޫޗިސްތާނުގެ މައްޗަށް ޕާކިސްތާނުން އޮތް ކޮންޓްރޯލްގެ ނާޒުކު ކަމަށާއި ވަސީލަތްތަކުން ބާކީކޮށްފައިވާ ކަމެވެ. ސަލާމަތީ ބާރުތަކަށް ވަރުގަދަ ހަމަނުޖެހުންތަކެއް ކުރިމަތިވިއިރު، ބީއެލްއޭ އިން ބުނީ ސިފައިން ފަހަތަށް ޖައްސާފައިވާ ކަމަށެވެ.

ގުޅުންހުރި ޚަބަރު