ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
އީކޯސޮކްއަށް އިންޑިއާ އިންތިޚާބު ކޮށްފި
ދުނިޔެ

އީކޯސޮކްއަށް އިންޑިއާ އިންތިޚާބު ކޮށްފި

އއިބްރާހީމްް ސަމީރު6 ޖޫން 2025
އދގެ އިގްތިސާދާއި އިޖުތިމާއީ ތަރައްގީއާ ބެހޭ އިކޯސޮކް އަކީ ދެމެހެއްޓެނިވި ތަރައްގީއާއި، އިންސާނީ ހައްގުތަކާއި، އިގްތިސާދީ އެއްބާރުލުން ދިނުމަށް މަސައްކަތްކުރާ އދގެ މައިގަނޑު އިދާރާއެވެ. މިއިދާރާއަށް އިންޑިއާ އިންތިހާބު ވުމުން ދައްކުވައިދެނީ ދުނިޔޭގައި ނުފޫޒު ބޮޑުވެ، ފަގީރުކަމާއި ތައުލީމާއި މޫސުމަށް އަންނަ ބަދަލުތައް ފަދަ މައްސަލަތައް ހައްލުކުރުމަށް އިންޑިއާއިން ކުރާ މަސައްކަތުން ނަތީޖާ ފެންނަ ތަނެވެ. އީކޯސޮކްގައި އިންޑިއާގެ ދައުރު ފެށޭނީ ޖެނުއަރީ 1، 2026 ގައެވެ. އިންޑިއާ އިން މަސައްކަތް ކުރާނީ ޖަޕާން، ފްރާންސް، އަދި ބްރެޒިލް ފަދަ ގައުމުތަކާ އެކުގަ އެވެ. އިންޑިއާގެ ދާއިމީ މަންދޫބު ޕަރްވަތަނޭނީ ހާރިޝް ވިދާޅުވީ މި ދައުރަކީ އިންޑިއާގެ ތަރައްގީގެ ލަނޑުދަނޑިތަކާއި ގްލޯބަލް ޕާޓްނަޝިޕްތައް ކުރިއެރުވުމަށް އެހީތެރިވެދޭނެ ދައުރެއް ކަމަށެވެ. އިކޯސޮކްގައި އިންޑިއާއަކީ ވަރުގަދަ ތާރީހެއް އޮތް ގައުމެއް ކަމަށާއި، 2030 ވަނަ އަހަރުގެ އެޖެންޑާ ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ފަދަ އިސްނެގުމުގައި އިންޑިއާ އިން ޙިއްޞާ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މި ކާމިޔާބީއަކީ ދުނިޔޭގެ ގޮންޖެހުންތަކާ ކުރިމަތިލުމާއި ރަނގަޅު މުސްތަގުބަލަކަށް ބައިނަލްއަގްވާމީ އެއްބާރުލުން އާލާކުރުމުގައި އިންޑިއާގެ ލީޑަޝިޕްގެ މައްޗަށް އަލިއަޅުވާލާ ކާމިޔާބީއެއް ކަމުގައި ދެކޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު