ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
އެމެރިކާއަށް ފަންގަސް އޭޖެންޓެއް
ދުނިޔެ

އެމެރިކާއަށް ފަންގަސް އޭޖެންޓެއް

އއިބްރާހީމްް ސަމީރު7 ޖޫން 2025
އެމެރިކާގެ އޮފިޝަލުން ބުނާ ގޮތުގައި ޗައިނާގެ ބަޔޯޓެރަރިސްޓުން ކަމަށް ޝައްކު ކުރެވޭ 2 މީހުން ވަނީ އެމީހުންގެ ލަގެޖުގައި ފޮރުވައިގެން ބަޔޮލޮޖިކަލް އެޖެންޓެއް އެމެރިކާއަށް އެތެރެކޮށްފަ އެވެ. އެމެރިކާގެ ބޯޑަރުގައި އެފްބީއައި އިން އެ މީހުން ހުއްޓުވައި، ބެލި ބެލުމުން އެމީހުންގެ އަތުން އިންސާނުންނާއި ދިރޭތަކެތީގެ ބާވަތްތަކަށް ގެއްލުން ލިބިދާނެ މާއްދާއެއް ވަނީ ފެނިފަ އެވެ. އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އެ އޭޖެންޓަކީ އެމެރިކާގެ ދަނޑުވެރިކަމަށް ނުވަތަ އާންމު ސިއްހަތަށް އަމާޒުކޮށްގެން ބަޔޯޓެރަރިޒަމް އަށް މަގުފަހި ކޮށްދޭ އޭޖެންޓެކެވެ. ޗައިނާގެ ލެބްތަކާ ގުޅުން ހުރި މި މީހުންގެ މައްޗަށް ދައުވާތަކެއް އުފުލުމަށް ތައްޔާރުކޮށްފައި ވެއެވެ. ޗައިނާއިން މިކަމުގައި ބައިވެރިވާ ކަމަށް އެމެރިކާއިން ބުނާ ވާހަކަތައް ޗައިނާއިން  ދޮގުކޮށް، އެ ތުހުމަތުތަކަކީ ސިޔާސީ ގޮތުން ކުރާ ތުހުމަތުތަކެއް ކަމަށް ބުނެ އެވެ. މި ހާދިސާއާ ގުޅިގެން ބަޔޯސެކިއުރިޓީއާ މެދު ދުނިޔެ ހައްސާސް ވެފައިވާއިރު، އެމެރިކާއިން ވަނީ ބޯޑަރު ކޮންޓްރޯލްތައް ހަރުކަށިކޮށް، ބަޔޮލޮޖިކަލް މާއްދާގެ ނުރައްކާ ސްކްރީން ކުރަން ފަށާފަ އެވެ. މިފަދަ އޭޖެންޓުން އެމެރިކާގެ ވެށްޓަށް ތައާރަފް ކޮށްފިނަމަ، ކާބޯތަކެތީގެ ދަތިކަމުން ފެށިގެން ސިއްހީ ދަތިތަކާ ހަމައަށް ފުޅާ ދާއިރާއެއްގައި ގެއްލުން ލިބިދާނެ ކަމަށް ތަޖުރިބާކާރުން އިންޒާރު ދެއެވެ. މި މައްސަލައިގެ ސަބަބުން އެމެރިކާއާއި ޗައިނާއާ ދެމެދު އުފެދިފައިވާ ކޯޅުން އިތުރުވެ، ބަޔޮލޮޖިކަލް މެޓީރިއަލްތަކާ ބެހޭ ބައިނަލްއަގްވާމީ ގާނޫނުތައް ހަރުދަނާ ކުރުމަށް އެމެރިކާގެ މަސްއޫލުވެރިން ގޮވާލަ އެވެ. އެމެރިކާގެ އިދާރާތަކުން ދަނީ ޝައްކު ކުރެވޭ މީހުންގެ ނިޔަތާއި ދައުލަތުގެ އިދާރާތަކުގެ އެހީތެރިކަމާއެކު ހިންގާ އޮޕަރޭޝަންތަކާ ގުޅުން ހުރެދާނެ ކަމަށްބަލައި އެކަން ތަހުގީގު ކުރަން ފަށާފައެވެ. އަދި ގައުމީ ސަލާމަތަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.

ގުޅުންހުރި ޚަބަރު