ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ޚާލިސްތާން ގެ ހަމަނުޖެހުން އުފެއްދުމާއި އިންޑިއާ ކެނެޑާ ގުޅުން
ދުނިޔެ

ޚާލިސްތާން ގެ ހަމަނުޖެހުން އުފެއްދުމާއި އިންޑިއާ ކެނެޑާ ގުޅުން

އއިބްރާހީމްް ސަމީރު10 ޖޫން 2025
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މި މަހު15 ން 17، އަށް އަލްބަރޓާގެ ކަނާނާސްކިސްގައި ބާއްވާ ޖީ7 ސަމިޓަށް ވަޑައިގަންނަވާނެއެވެ. އެ ދުވަސްވަރާ ދމާކޮށް މުޒާހަރާތައް ކުރަން ޚާލިސްތާން ސަޕޯޓަރުން ރާވަމުންދާއިރު، ސިކްސް ފޯ ޖަސްޓިސް ފަދަ ޖަމާއަތްތަކުން އިސްނަގައިގެން ކުރިއަށް ގެންދާ މި މުޒާހަރާތަކުގެ މަގުސަދަކީ 2023 ވަނަ އަހަރު ޚަލިސްތާނީ ލީޑަރު ހާރްދީޕް ސިންގް ނިޖާރު މަރާލި މައްސަލައާ ގުޅިގެން މޯދީގެ ސިޔާސީ ކަންކަމަށް ގޮންޖަހާލުމެވެ. އެމީހުން ރާވަނީ އިންދިރާ ގާންދީގެ އަވަހާރަކޮށްލި މީހުންނާއި ސިކުންގެ ހަނގުރާމަވެރި "ޝަހީދުން" ގެ ގޮތުގައި ސިކު ހަނގުރާމަވެރިންނަށް ޝަރަފުވެރިކަން ދިނުމަށާއި، ސިކުންގެ ހައްގާ ބެހޭ ކަންބޮޑުވުންތައް ފާޅުކުރުމަށެވެ. ބޮޑުވަޒީރު މާކް ކާނީ ގެ ސަރުކާރުން މޯދީއަށް ދެއްވި ދައުވަތަކީ މާޒީގެ ތުހުމަތުތަކުގެ ސަބަބުން އިންޑިއާ އާއި ކެނެޑާގެ ގުޅުން ރަނގަޅު ކުރުމުގެ ނިޔަތެއް އޮތްކަމުގެ އިޝާރާތެކެވެ. ނަމަވެސް މި މުޒާހަރާތަކުގެ ސަބަބުން ބައިނަލްއަގްވާމީ އިވެންޓްތަކުގެ މެހުމާންދާރީ އަދާކުރާ ކެނެޑާގެ ބައިނަލްއަގްވާމީ އިމޭޖަށް ހުތުރު ނަން ލިބިދާނެ އެވެ. ކެނެޑާގެ ޑަލާސް ބްރޯޑީ ފަދަ ލީޑަރުން އިލްތިމާސް ކުރައްވަނީ ދެ ގައުމުގެ ގުޅުންތަކާއި ކެނެޑާގެ އަބުރު ރައްކާތެރި ކުރުމަށް ޚާލިސްތާނީ ހަރުކަށި ފިކުރުތަކާ ދެކޮޅަށް ފުލުހުން ފިޔަވަޅު އެޅުމަށެވެ. މި ސަމިޓުގައި ގުޅުންތައް އަލުން ބިނާކުރުމުގެ ފުރުސަތު ލިބުނު ނަމަވެސް މުޒާހަރާތަކުގެ ސަބަބުން ޑިޕްލޮމެސީގެ ހަރަކާތްތައް ކުރިއަށް ގެންދަން އުނދަގޫވެދާނެ އެވެ.

ގުޅުންހުރި ޚަބަރު