ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ބަންގްލަދޭޝްގެ ތަރިކައަށް ނުރައްކާވެއްޖެ
ދުނިޔެ

ބަންގްލަދޭޝްގެ ތަރިކައަށް ނުރައްކާވެއްޖެ

އއިބްރާހީމްް ސަމީރު10 ޖޫން 2025
ބަންގްލަދޭޝްގެ ތާރީހީ ތަންތަނާއި ސަގާފީ ތަރިކަތަކަށް އިންތިޒާމުކޮށްގެން ހަމަލާއެއް ދިނުން އާންމު ކަމަކަށް ވެފައި ވެއެވެ. ސިޔާސީ ޖަމާއަތްތަކާއި ހަރުކަށި ފިކުރުގެ މީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ ބައިބައިވުން އުފެއްދުމުގެ އެޖެންޑާތައް ކުރިއަށް ގެންދިއުމަށްޓަކައި 1971 ވަނަ އަހަރުގެ މިނިވަން ހަނގުރާމައާ ގުޅިފައިވާ މޮނިއުމެންޓްތަކާއި އާސާރީ ބިނާތައް ހަލކާކު ކުރަމުންދާ ކަމަށެވެ. މިކަމުގެ ސަބަބުން ބަންގްލަދޭޝްގެ ޤައުމީ ޝަޚުސިއްޔަތާއި އެއްބައިވަންތަކަމަށް ނުރައްކާވެފައި ވެއެވެ. އަވާމީ ލީގުގެ ހަރަކާތްތައް ހުއްޓުވައި އެ ޕާޓީގެ މަސައްކަތް މަނާކުރުމަށް ފަހު އިންތިގާލީ ސަރުކާރަށް ތުހުމަތު ކުރެވެނީ އިންޑިއާއާ ގުޅުން ހުރި ކަންކަމުގައި ފަރުވާ ކުޑަ ކުރާ ކަމަށެވެ. ބަނގްލަދޭޝްގެ މިނިވަންކަމަކީ އިންޑިއާއިން ކުރި ހަނގުރާމައާއި ދިން އެހީން ލިބުނު ކާމިޔާބީއެކެވެ. ބަނގްލަދޭޝްގެ ތާރީޚު ދެމެހެއްޓުމަށް ހަރުދަނާ ގާނޫނުތަކެއް ހެދުމަށް ރައްޔިތުންނާއި އެކްޓިވިސްޓުން ދަނީ ޑިމާންޑް ކުރަމުންނެވެ. ބަނގްލަދޭޝްގެ މާޒީ ފޮހެލުމުން އިޖުތިމާއީ ބައިބައިވުންތައް އުފެދި ގައުމުގެ ހަމަޖެހުން ގެއްލިދާނެ ކަމުގެ އިންޒާރު ސިޔާސީ ފަރާތްތަކުން ދެއެވެ. އަދި މިހާރު މިއޮތް ގޮތަށް ހަމަލާތައް ދެމިއޮވެއްޖެނަމަ 1971 ވަނަ އަހަރުން ފެށިގެން ބަންގްލަދޭޝްއިން ހޯދާފއިވާ އިގްތިސާދީ ކުރިއެރުން ވަނީ ނުރައްކަލުގެ ތެރެއަށް ވެއްޓިފައެވެ. އަންނަން އޮތް ޖީލުތަކަށް އެއްބައިވަންތަކަމާއި ހަމަޖެހުން ކަށަވަރު ކުރުމަށްޓަކައި ތާރީޚީ ތަންތަން ރައްކާތެރިކޮށް، ދެމެހެއްޓުމަކީ ޔޫނުސްގެ ވަގުތީ ސަރުކާރުން ކުރަން ޖެހޭ ކަމެއް ކަމަށް ބުނެއެވެ.

ގުޅުންހުރި ޚަބަރު