ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ސިންދޫރަށް ބައިނަލްއަގްވާމީ ތާއީދު
ދުނިޔެ

ސިންދޫރަށް ބައިނަލްއަގްވާމީ ތާއީދު

އއިބްރާހީމްް ސަމީރު9 ޖޫން 2025
ޕާކިސްތާނުން ހިންގާ ކަޝްމީރުގެ ޓެރަރިސްޓް ކޭމްޕްތަކަށް އިންޑިއާއިން ހަމަލާދިނުމަށް "އޮޕަރޭޝަން ސިންދޫރު" އެޕްރީލް މަހު ފަށާފައި ވަނީ ކަޝްމީރުގެ ޕަހަލްގަމްގައި ދިން މަރުގެ ހަމަލާއެއްގައި 26 މީހުން މަރުވުމުންނެވެ. މި އޮޕަރޭޝަނުގައި އަމާޒުކޮށްފައިވަނީ މިހަމަލާގެ ޒިންމާ އުފުލާ ޖަމާއަތްތަކަށެވެ. ޖަރުމަނާއި ޖަޕާން އަދި ޔޫއޭއީ ފަދަ ގައުމުތަކުން އިންޑިއާގެ ދިފާއީ ފިޔަވަޅުތަކަށް ތާއީދު ކުރިއިރު، ޖަރުމަނުން ވަނީ އިންޑިއާގެ އަމިއްލަ ދިފާއުގެ ހައްގަށް ތާއީދުކޮށްފަ އެވެ. އިންޑިއާގެ ސީދާ ހަމަލާތަކުގެ ސަބަބުން ޓެރަރިސްޓް ނެޓްވޯކްތަކަށް ބުރޫއަރާ، އިންޑިއާގެ އަސްކަރީ އަދި ޑިޕްލޮމެޓިކް ރައްދުތަކަށް ތައުރީފު ބައިނަލްއަގްވާމީ ތައުރީފް ލިބުނެވެ. އިންޑިއާގެ ރައްޔިތުން ސަޕޯޓުކޮށްފައިވާ މި މަސައްކަތުން އަލިއަޅުވާލެވުނީ އިންޑިއާގެ ރައްޔިތުން ހިމާޔަތްކޮށް ގައުމީ ސަލާމަތް ދެމެހެއްޓުމަށް އިންޑިޔާގެ އަޒުމެވެ. އަދި ޓެރަރިޒަމާ ދެކޮޅު ހަދައި ހަނގުރާމަކުރާ ގައުމެއްގެ ގޮތުގައި އިންޑިއާގެ ތަސައްވުރު ވެސް ދުނިޔެއަށް މި އޮޕަރޭޝަންގެ ސަބަބުން ހާމަވެގެން ދިޔަ އެވެ. މިފަދަ ޓެރަރިޒަމްގެ އިންޒާރުތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ އެއްބާރުލުން ދިނުމުން އިންޑިއާއިން ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަން އޮތްކަން ފެނިގެންދިޔައެވެ.

ގުޅުންހުރި ޚަބަރު