ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ޓްރަމްޕްގެ އެހީއަށް އެދުނު
ދުނިޔެ

ޓްރަމްޕްގެ އެހީއަށް އެދުނު

އއިބްރާހީމްް ސަމީރު8 ޖޫން 2025
ޕާކިސްތާނުގެ ޓެރަރިސްޓް ކޭމްޕްތަކަށް އިންޑިއާއިން ދިން އަސްކަރީ ހަމަލާތަކަށް ފަހު ޕާކިސްތާނާއި އިންޑިއާއާއެކު އުފެދިފައިވާ ހަމަނުޖެހުންތަކުގައި މެދުވެރިއަކަށް ވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއެވެ. އިންޑިއާއިން މި ހަމަލާތައް ދީފައިވަނީ ކަޝްމީރުގައި ޓެރަރިސްޓް ހަމަލާއެއް ދިނުމާ ގުޅިގެން ރައްދުގައި ޕާކިސްތާނަށްދޭ ހަމަލަތަކެއްގެ ގޮތުގައެވެ. އިންޑިއާގެ އަމަލުތަކަކީ އުދުވާނީ އަމަލުތަކެއް ކަމަށް ބުނެ، ޕާކިސްތާނުން ހާލަތު ހަމައަކަށް އެޅުވުމަށް އެމެރިކާގެ އެހީއަށް އެދިފައި ވެއެވެ. ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި ނަމަވެސް ޕާކިސްތާނުން ވެރިކަންކުރާ ކަޝްމީރުގައި އެ ހަމަލަތަކުގެ ދިގުދެމިގެންދާ އަސަރާ މެދު  ސުއާލު އުފެދެއެވެ. ޕާކިސްތާނުން ޓްރަމްޕް މެދުވެރިވެގެން ކުރާ އިލްތިމާސަކީ ސުލްހައަށް ކުރާ ހަގީގީ މަސައްކަތެއްތޯ ނުވަތަ ޓެރަރިޒަމަށް ތާއީދުކުރުމުގެ ބަދުނާމުން ސަލާމަތްވުމަށް ކުރާ ކަމެއްތޯ ފާޑު ކިޔާ ފަރާތްތަކުން ސުވާލު އުފައްދަ އެވެ. އިންޑިއާއިން ބުނަނީ ޕާކިސްތާނުގައި ޓެރަރިސްޓު ޖަމާއަތްތަކުން ކޭމްޕްތައް ހަދައިގެން ދިރިއުޅެމުންދާ ކަމަށެވެ. ނަމަވެސް ޕާކިސްތާނުން މިކަން ދޮގުކޮށް، ދެ ގައުމުގެ ދެމެދުގެ ތާރީޚީ ހަމަނުޖެހުމަށް އަލިއަޅުވައެވެ. އެމެރިކާގެ ރައްދުން ކުރިއަށް އޮތް މަޝްވަރާތައް ބައްޓަން ކުރެވިދާނެ އެވެ. ނަމަވެސް ދެ ގައުމުގެ މެދުގައި އޮންނަ އިތުބާރު ވަނީ ކުޑަވެފަ އެވެ. ހާލަތު އަދިވެސް އޮތީ ނާޒުކު ގޮތަކަށް ކަމަށާއި، އައު ނުތަނަވަސްކަމެއް އުފެދިދާނެ ކަމަށް ދެފަރާތުންވެސް އޮތީ ފާރައަށެވެ.

ގުޅުންހުރި ޚަބަރު