ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
އިންޑިއާގެ އިއުތިރާޒް ކުރުން
ދުނިޔެ

އިންޑިއާގެ އިއުތިރާޒް ކުރުން

އއިބްރާހީމްް ސަމީރު11 ޖޫން 2025
ޕާކިސްތާނުން ވަނި އދގެ މުހިންމު ކޮމިޓީތަކުގައި އިސް ދައުރު އަދާކުރުމަށް ގައުމުތަކުން ތާއީދު ހޯދައިންގެން އިންތިޚާބު ކާމިޔާބު ކޮށްފައެވެ. އެކަމާ ގުޅިގެން އިންޑިއާއިން އިއުތިރާޒް ކުރެއެވެ. އިންޑިއއިން ލޭބަލް ކުރަނީ ޕާކިސްތާނަކީ، "ގްލޯބަލް އެކްސްޕޯޓަރ އޮފް ޓެރަރިސްޓްސް" ކަމަށެވެ. އެގތުން އިންޑިއާއަށް ދީފައިވާ 2008 ވަނަ އަހަރު މުމްބާއީ ޓެރަރިސްޓް ހަމަލައާއި އަދި 2019 ވަނަ އަހަރު ޕުލްވާމާގައި ހިނގި ބޮން ގޮއްވާލުމުގެ ހަމަލާތަކާ ގުޅިގެން ލަޝްކަރޭ ތައިބާ އާއި ޖައިޝޭ މުހައްމަދު ފަދަ ޖަމާއަތްތަކަށް ޕާކިސްތާނުން ތާއީދުކުރާ ކަމަށް ތުހުމަތު ކޮށްފައި ވެއެވެ. ޕާކިސްތާނުން ވަނީ ޖިއޮޕޮލިޓިކަލް އިއްތިހާދުތަކާއި ހުޅަނގުގެ ފަންޑުން ފައިސާ ހޯދައިގެން ޓެރަރިޒަމްއާ ދެކޮޅަށް މަސައްކަތްކުރާ އޮތޯރިޓީއެއްގެ ގޮތުގައި އަމިއްލައަށް ޕޮޒިޝަންވެފަ އެވެ. އިންޑިއާގެ އޮފިޝަލުން ހިމެނޭ ގޮތަށް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ދުނިޔޭގެ ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތަށް ހީނަރުކަމެއް އަންނާނެ ކަމެއް ކަމަށާއި، މިއީ "ފަޔަރ ޗީފްގެ ގޮތުގައި އަލިފާން ރޯކުރާ މީހަކާ" މަސައްކަތް ހަވާލު ކުރުމާ އެއްގޮތް ކަމެއް ކަމަށެވެ. މި ނިންމުމަކީ ނުރައްކާތެރި ފުށުއެރުމެއް ކަމަށް ބުނެ އިންޑިއާއިން ޕާކިސްތާނުގެ ދައުރު ކުށްވެރިކޮށް ނުރުހުން ފާޅު ކުރަމުން ދެއެވެ.

ގުޅުންހުރި ޚަބަރު