ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
އެމެރިކާ ޗައިނާ ވިޔަފާރި ހަނގުރާމަ
ދުނިޔެ

އެމެރިކާ ޗައިނާ ވިޔަފާރި ހަނގުރާމަ

އއިބްރާހީމްް ސަމީރު11 ޖޫން 2025
އެމެރިކާއާއި ޗައިނާއާއި ދެމެދު ހިނގަމުންދާ ވިޔަފާރީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށާއި ޗައިނާގެ އިޤްތިޞާދަށް ހީނަރުކަމެއް ކުރިމަތިވަމުން ދެއެވެ. ރައީސް ޓްރަމްޕްގެ ވެރިކަމުގައި ފެށި އެމެރިކާއަށް އެތެރެ ކުރާ ޗައިނާއާއި ބޭރުގެ ގައުމުތަކުގެ މުދަލަށް ޓެރިފް ނެގުމުގެ އަމަލަކީ އިލެކްޓްރޯނިކްސް އާއި ކަނޑުމަސް ފަދަ ޗައިނާގެ މުހިންމު އެކްސްޕޯޓްތަކަށް އަމާޒުކޮށްފައިވާ ޓެރިފްތަކެކެވެ. އެމެރިކާއިން ވަނީ ޗައިނާގެ، 200 ބިލިއަން ޑޮލަރުގެ މުދަލުން %25 އާއި ހަމައަށް ޑިއުޓީ ނަގާނެކަމަށް ބުނެފައެވެ. ޗައިނާއިން ވެސް ވަނީ ކަނޑުމަސް ހިމެނޭ ގޮތަށް އެމެރިކާގެ ދަނޑުވެރިކަމުގެ އުފެއްދުންތަކުން ބަދަލު ހިފުމުގެ ގޮތުން ޓެރިފްތައް ނަގާނެ ކަމަށް އިއުލާން ކޮށްފައެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ސަޕްލައި ޗޭންތަކަށް ބުރޫއަރާފައިވެ އެވެ. އަދި އެންމެ ބޮޑު ދެ އިގްތިސާދުގެ ދެމެދު ހިނގަމުންދާ ވިޔަފާރީގެ ކޯޅުމުގެ ސަބަބުން ޗައިނާގެ އެކްސްޕޯޓަށް ބަރޯސާވާ އިގްތިސާދުގެ ކުރިއެރުން ލަސްވެފައިވެއެވެ. ބައެއް ގައުމުތަކުން ދަނީ ސަޕްލައި ޗޭންތައް ބަދަލުކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން ތައިލެންޑާއި ވިއެޓްނާމް ފަދަ ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ފެކްޓްރީތައް ބަދަލު ކުރުމަށް މަސައްކަތް ކުރެއެވެ. އެމެރިކާއާއިން ޗައިނާއާއި އެކު ވިޔަފާރި ހަނގުރާމައެއްގައި އުޅޭ އިރު ބައެއް ބާވަތުގެ މުދަލަކީ ޗައިނާއިން އެކްސްޕޯޓު ކުރާ މުދަލެވެ. މިސާލަކަށް ކަފައާއި ބަރަނި ފޭރާން ވިއުމަށް، އަދި ބޭސް އުފެއްދުމަށް ބޭނުންވާ ރޯ މާއްދާތައް ފަދަ ބާވަތްތައް ކޮންޓްރޯލު ކުރަނީ ޗައިނާއިންނެވެ. މިފަދަ މުދަލުގައި ޗައިނާގެ ބާރުގަދަވުމަކީ ޓްރާންސްޝިޕްމަންޓް ހުއްޓުވުމަށް އެމެރިކާއިން ކުރާ މަސައްކަތްތަކަށް އުނދަގޫ ތަކެއް ކުރިމަތިވާނެ ކަމެކެވެ. އެމެރިކާގެ ކޮންސިއުމަރުންނަށް މުދަލުގެ އަގު ބޮޑުވުމާ ކުރިމަތިލާން ޖެހިފައި ވަނީ އެމެރިކާއިން އަޅާ ފިޔަވަޅުތަކުގެ ސަބަބުންނެވެ. ޗައިނާގެ އުފެއްދުންތެރިކަމުގެ ދާއިރާއަށް އެމެރިކާގެ ޑިމާންޑް ދަށްވުމުން ޗައިނާއަށްވެސް އުނދަގޫތަކެއް ކުރިމަތިވެ އެވެ. މިކަން ހައްލުކޮށ ހަނގުރާމަ ފިނިކުރުމަށް ދެ ގައުމުން ވެސް މަޝްވަރާތައް ކުރިއަށް ގެންދިޔަ ނަމަވެސް ހަމަނުޖެހުންތަކަށް އަދި ހައްލެއް ހޯދޭ ތަނެއް ނުފެނެއެވެ.

ގުޅުންހުރި ޚަބަރު