ދުނިޔެ
އިންޑިއާ އާއި ކެނެޑާގެ ގުޅުން
ކެނެޑާގެ ސިޔާސީ މުހައްލިލު ޖޯޝް އުޑަލް ދެކެވަޑައިގަންނަވާ ގޮތުގައި ޖޫން މަހުގެ 15-17 އަށް ކެނެޑާގެ ކަނާނާސްކިސްގައި ބއްވާ ޖީ7 ސަމިޓުގައި ބޮޑުވަޒީރު ނަރެންދްރަ މޯދީ ބައިވެރިވުމަކީ ޚާލިސްތާނުގެ ބަޣާވާތުގެ ސަބަބުން ވަޅޯވި އިންޑިއާ އާއި ކެނެޑާގެ ގުޅުން އަލުން ގާއިމް ކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ. ޕޮޑްކާސްޓަރެއް އަދި ބިހޭވިއަރަލް ރިސާޗް އެކްސްޕާޓެއް ކަމަށްވާ އުޑަލް ވަނީ ކެނެޑާގެ ޕީއެމް މާކް ކާނީގެ ވެރިކަމުގައި އިގްތިސާދީ ޑިޕްލޮމެސީގެ ފުރުސަތު އޮތް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ޚާލިސްތާނުގެ މައްސަލަތަކުގައި ކުރިއެރުން ހޯދުމަށް ވިޔަފާރީގެ އިނާޔަތްތަކާ ގުޅުވައިދޭން ޖެހޭ ކަމަށް އޭނާ އިންޒާރު ދެއްވަ އެވެ.
މި ސަމިޓަކީ 2023 ވަނަ އަހަރު ޚަލިސްތާނީ ބާޣީ ހަރުދީޕް ސިންގް ނިޖާރު މަރާލުމުގައި އިންޑިއާގެ ބައިވެރިވުމެއް އޮތް ކަމަށް ކެނެޑާއިން ތުހުމަތުކުރި ފަހުން ގުޅުން ގޯސްވި ފަހުން ބާއްވާ ސަމިޓެކެވެ.
އުދަލް ދެކެވަޑައިގަންނަވާ ގޮތުގައި މޯދީގެ މި ދަތުރުފުޅަކީ މަޝްވަރާގެ ތެރެއިން އިތުބާރު އުފެއްދުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި، އެއްބާރުލުން ދިނުމަށް ބާރުއެޅޭނެ ފުރުސަތެކެވެ. ދެކޮޅުވެރި މުޒާހަރާތައް އުފެދިދާނެ ޚާލިސްތާނުގެ މައްސަލަ ކެނެޑާއަށް ވިސްނޭ ގޮތާ މެދު ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، ކާމިޔާބު މަޝްވަރާތަކުގެ ސަބަބުން ދެގައުމުގެ ގުޅުން އަލުން ކަނޑައަޅައި، އިގްތިސާދީ ފުރުސަތުތަކާއި ސަލާމަތީ ނާޒުކު ކަންބޮޑުވުންތައް ބެލެންސް ކުރެވިދާނެ ކަމށް ދެކެއެވެ.