ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
2 އެފް35 ވައްޓައިދިން ހަމައެކަނި ގައުމަކީ އީރާން
ދުނިޔެ

2 އެފް35 ވައްޓައިދިން ހަމައެކަނި ގައުމަކީ އީރާން

އއިބްރާހީމްް ސަމީރު14 ޖޫން 2025
އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ބުނާ ގޮތުގައި އަސްކަރީ އަދި ނިއުކްލިއާ ފެސިލިޓީތަކަށް އަމާޒުކޮށްގެން އިޒްރޭލުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި އީރާނުގެ ވައިގެ ސަރަހައްދުގެ ހުރުމަތް ކަނޑާލަން އުޅުނު 2 ޖެޓު ވަނީ ނައްތާލާފަ އެވެ. އިއްޔެ ހުކުރު ދުވަހު، އީރާނުން ވައްޓާލި އެއް ބޯޓުގެ ޕައިލެޓަކު ގޮނޑިއާއެކު ބޭރަށް އުދުއްސާލައިގެން ގޮސް ޖެހުނީ އީރާނުގެ ސަރަހައްދުގައެވެ. އީރާނުން ވަނީ އަންހެން މީހާ ހައްޔަރުކޮށްފައެވެ. އިޒްރޭލުގެ ދެ އެފް-35 ޖެޓް، ވައްޓާލައި އީރާނުން ޕައިލެޓް އަތުލައިގަނެފި އެވެ. "އަތުލައިގަތް ޕައިލެޓާއެކު ތަހުގީގު ކުރަމުންދާއިރު، ދެވަނަ ޕައިލެޓް ވީތަނެއް އަދި ނޭނގެ." އީރާނުގެ މީޑިއާއިން ވަނީ ޖެޓްތަކުގެ ބއިތަކުގެ ފޮޓޯތަކެއް އާންމުކޮށްފަ އެވެ. އިޒްރޭލުގެ ވައިގެ ސިފައިން ގެންގުޅޭ އެންމެ ޒަމާނީ ދެ 'ލޮކްހީޑް މާޓިން އެފް-35 ލައިޓްނިން އައި ސްޓެލްތު ފަޔަރ ޖެޓް' ވައްޓާލައި އީރާނުން ތާރީޚުގެ ސަފްހއިން ޖާގަ ހޯދައިފިއެވެ. އގެ އިތުރުން އިޒްރޭލަށް އެންމެ ބޮޑު ގެއްލުމެއް ދިން ގައުމެއްގެ ގޮތުގައި ތާރީޚުން ފާހަގަ ކުރާނީ އީރާނެވެ. އީރާނުން ދޭ ދިން ހަމަލާއަކީ އިޒްރޭލުގެ ތާރީޚުގައި ފެނިފައި ނުވާވަރުގެ ހަލާކެކެވެ. އިޒްރޭލުން ވަނީ އެފް-35އައި އަދީރުގެ މަރުކާގެ 200 ފަޔަރ ޖެޓް ބޭނުންކޮށްގެން އީރާނުގެ 100 އަށް ވުރެ ގިނަ އަމާޒަށް ހަމަލަ ދީފައެވެ. އޭގެ ބަދަލުގައި އީރާނުން ވަނީ ރޭ އިޒްރޭލުގެ 150 ތަނަކަށް ހަމަލަ ދީ ބޮދެތި ގެއްލުންތަކެއް ދީފައެވެ. ހުޅަނގުގެ މީޑިއާއިން ވަނީ މިވާހަކަ ގެނަސްދޭން ދެކޮޅު ހަދާފައެވެ. އެފަރާތްތަކުން ބުނަނީ މިނިވަން ފަރާތަކުން މިވާހަކަ ކަށަވަރުކޮށް ނުދޭ ކަމަށެވެ. މިހިނދު މިމީހުންގެ ހަމަލަތަކުގެ ޚަބަރު ގެނަސްދޭ އިރު މިނިވަން ފަރާތަކުން ޔަގީން ކޮށްދެނީ ކާކުތޮއާ މެދު ސުއާލު އުފެދެއެވެ. އެފް-35 ތައް ވެއްޓުމަކީ، ދުނިޔޭގެ އެންމެ ޒަމާނީ އެއް ފަޔަރ ޖެޓްގެ ގޮތުގައި ފާހަގަކުރެވޭ އެމެރިކާގައި އުފައްދާފައިވާ ސްޓެލްތު މަތިންދާބޯޓުގެ އަގު ވެއްޓި ދާނެ ކަމެކެވެ. މިއިން ބޯޓެއްގެ އަގަކީ 90 މިލިއަން ޑޮލަރެވެ.

ގުޅުންހުރި ޚަބަރު