ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
އެންމެ ބޮޑަށް ބިރު ގަންނަވާލީ އީރާނުން
ދުނިޔެ

އެންމެ ބޮޑަށް ބިރު ގަންނަވާލީ އީރާނުން

އއިބްރާހީމްް ސަމީރު14 ޖޫން 2025
ރޭ އީރާނުން އިސްރާއީލަށް ދިން ތާރީޚީ ހަމަލާއިން އިސްރާއީލުގެ އެތައް ބިލްޑިންގެއް ވެއްޓި، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނާ ގޮތުގައި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ވަނީ ޓެލް އަވީވް ކައިރީގައި ހުންނަ އެއާބޭސްތަކާއި އިންފްރާސްޓްރަކްޗާ ހިމެނޭ ގޮތަށް އިސްރާއީލުގެ މުހިންމު އަސްކަރީ ތަންތަނަށް އަމާޒުކޮށްގެން އެޑްވާންސް ފައްތާހު ހައިޕަރސޮނިކް މިސައިލްތަކުގެ އެތައް ސަތޭކަ ބެލިސްޓިކް މިސައިލްތަކެއް ފޮނުވާލާފައެވެ. އީރާނުން މި ހަމަލާ ދިނީ އިސްރާއީލުން އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް ދިން ވައިގެ ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން، އދގެ ޗާޓަރުގެ 51 ވަނަ މާއްދާގެ ދަށުން ނެވެ. އިސްރާއީލުގެ އަޔަން ޑޯމް އިން ގިނަ މިސައިލްތައް ހުއްޓުވަން އުޅުނު ނަމަވެސް، އެކަން ކާމިޔާބެއް ނުވިއެވެ. އިސްރާއީލާއެކު އެމެރިކާ އަދި އިނގިރޭސިވިލާތުންވެސް ދިފާއުގައި ހަރަކާތްތެރިވިއެވެ. އީރާނުން ހަމަލާ ދިނީ އިސްރާއީލުންވެސް ހަމަލާ ދިން ގޮތަށް ސިފައިންގެ ޖެނެރަލުން އުޅޭ ތަންތަނަށާއި ވައިގެ މަރުކަޒުތައް ކަމަށްވާ ނެވަޓިމް އާއި ޓެލް ނޮފް އެއާބޭސްތައް ފަދަ ތަންތަނަށެވެ. އީރާނުގެ އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި 150 ތަނަކަށް ހަމަލާދީ ބޮޑެތި ސްޓްރަކްޗަރަލް ގެއްލުންތަކެއް ދިނުމުގައި ކާމިޔާބުވެފައިވެއެވެ. އަދި ގާތްގަނޑަކަށް 90 މީހަކަށް އަނިޔާވެފައިވާ ކަމަށާއި، މަރުވެފައިވާ ކަމަށް މިހާތަނަށް ޔަގީންވެފައިވަނީ އެކަކު ކަމަށް ބުނެފައިވެއެވެ. އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުالله އަލީ ޚާމަނާއީ ވަނީ މި އޮޕަރޭޝަނަކީ އީރާނުގެ އަސްކަރީ ގާބިލްކަން ދައްކުވައިދޭ އޮޕަރޭޝަނެއް ކަމަށް ސިފަކުރައްވާފައެވެ. މި ހަމަލާއާ ގުޅިގެން އިސްރާއީލުގެ ރައްޔިތުންގެ މެދުގައި ނަތަންޔާހޫއާ މެދު ނަފްރަތު އިތުރުވެފައިވާ ކަމަށްވެސް ބުނެވެއެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މި ހަމަލާ ކުށްވެރިކޮށް، ވަރުގަދަ ރައްދެއް ދޭނެ ކަމަށް ބުނެފައެވެ. ނަމަވެސް އީރާނުން ވަނީ ދެން ދޭ ރައްދު މިއަށްވުރެ ވަރުގަދަވާނެ ކަމަށް ބުނެ ނަތަންޔާހޫ ބިރުގަންނަވާލާފައެވެ.

ގުޅުންހުރި ޚަބަރު