ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
އިންޑިއާގެ ޖައްވީދާއިރާ
ދުނިޔެ

އިންޑިއާގެ ޖައްވީދާއިރާ

އއިބްރާހީމްް ސަމީރު16 ޖޫން 2025
އިންޑިއާ ވަނީ ފަޒާއީ ދާއިރާއާއި، ޓެކްނޮލޮޖީ އަދި ޑިޕްލޮމަސީގެ ރޮނގުން ކުރިއަރަމުންދާ ޤައުމެއްގެ ގޮތުގައި ދުނިޔޭގެ މަސްރަހުގައި ސާބިތުކޮށްފީފައެވެ. މިގޮތުން ޗަންދްރަޔާން ފަދަ ހަނދަށް ދަތުރު ކުރި އުދުހުންތަކުން އިންޑިއާގެ ފަޒާއީ ޤާބިލުކަން ދައްކުވައިދޭއިރު، ޔޫޕީއައި ފަދަ ޑިޖިޓަލް އީޖާދުތަކުން ދުނިޔޭގެ ފިންޓެކް ދާއިރާގައި އިންޑިއާ ވަނީ ފާހަގަ ވެފައެވެ. ބޮޑުވަޒީރު ނަރެންދްރަ މޯދީ ޖީ7 ފަދަ ބައިނަލްއަޤްވާމީ ފޯރަމްތަކުގައި އަދާކުރާ ހަރަކާތްތެރި ދައުރުން ދުނިޔޭގެ ސިޔާސަތުތައް އެކުލަވާލުމުގައި އިންޑިއާގެ ނުފޫޒު އިތުރުވަމުންދާކަން ފާހަގަ ކޮށް އިންޑިއާއާއި ބައިނަލްއަގްވާމީ މީޑިއާއިން އެކަން ފާހަގަކުރެއެވެ. އެމެރިކާ އާއި ރަޝިއާ ފަދަ ޤައުމުތަކާއެކު ގުޅުން ހަމަހަމަކޮށް ބަދަހިކުރުމާއެކު، އިންޑިއާއިން ވަނީ ހަމަހަމަ ވިޔަފާރިއާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މައްސަލަތަކުގައި އަޑުއުފުލާފައެވެ. މިހާރު ދުނިޔޭގެ އެންމެ ބޮޑެތި އިޤްތިޞާދުތަކުގެ ތެރޭގައި ހިމެނޭ އިންޑިއާގެ އިޤްތިޞާދަށް ވަނީ އުފެއްދުންތެރިކަމާއި ތިމާވެށްޓާ ރައްޓެހި ހަކަތައިގެ ދާއިރާއަށް ގިނަ އިންވެސްޓްމަންޓްތަކެއް ލިބިފައެވެ. ދެކުނުގެ ޤައުމުތަކުގެ ލީޑަރޝިޕް ދައުރު އަދާކުރާ އިންޑިއާއިން ވަނީ ކާބޯތަކެތީގެ ރައްކާތެރިކަމާއި ޓެކްނޮލޮޖީއަށް ވާސިލުވުމުގެ މައްސަލަތަކުގައި އަޑުއުފުލާފައެވެ. ދިފާޢީ އަދި ކަނޑުގެ ސަލާމަތާ ގުޅޭ ދާއިރާތަކުގައި ޤާއިމުކޮށްފައިވާ އިސްތިރާޖީ ބައިވެރިވުންތަކުން އިންޑިއާގެ ޖިއޯޕޮލިޓިކަލް ބުރަދަން އިތުރުވެފައިވެއެވެ. ނަމަވެސް، އިގްތިސާދީ ހަމަހަމަކަން ނެތުން ފަދަ އެތެރޭގެ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭއިރު، ސައިންސާއި ޑިޕްލޮމަސީގެ ދާއިރާއިން ކުރިއަރަމުންދާ ބާރެއްގެ ގޮތުގައި އިންޑިއާ ވަނީ ދުނިޔޭގައި މުހިންމު   ދައުރެއް އަދާކުރާ ފަރާތަކަށް ވެފައެވެ.

ގުޅުންހުރި ޚަބަރު