ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
3ވަނަ ބޮޑު ހަނގުރާމައަށް ޖަރުމަން
ދުނިޔެ

3ވަނަ ބޮޑު ހަނގުރާމައަށް ޖަރުމަން

އއިބްރާހީމްް ސަމީރު18 ޖޫން 2025
އީރާނުގައި ޔަހޫދީން ކުރަމުންދާ މަސައްކަތަކީ ޔޫރަޕަށްޓަކައި އިޒްރޭލުން ވަމުންދާ ގުރުބާނީއެއް ކަމަށާއި، އަދި އެ މަސައްކަތަކީ ޔަހޫދީން ޔޫރަޕަށްޓަކައި ކުރަމުންދާ މުޑުދާރު މަސައްކަތެއް ކަމަށް ޖަރުމަންވިލާތުގެ ޗާންސެލަރ ފްރެޑްރިކް މަރޒް ބުނެއެވެ. އަދި މަރޒް ބުނަނީ ޔަހޫދީން ޔޫރަޕަށްޓަކައި އީރާނުގައި ކުރަމުންދާ މުޑުދާރު މަސައްކަތުގައި އިޒްރޭލު ދިފާއު ކުރުމަށް އީރާނަށް ހަމަލަ ދިނުމަށް ޖަރުމަނުން ބައިވެރިވާނެ ކަމަށެވެ. މީގެ ކުރިން ދެ ފަހަރު މަތިންވެސް ދުނިޔޭގައި ދެ ބޮޑު ހަނގުރާމަ ހިންގައި ދުނިޔެ ހަލާކުކޮށްލުމުގައި ޖަރުމަނުން ވަނީ އިސް ދައުރެއް އަދާކޮށްފައެވެ. ޓްރަމްޕަކީވެސް ޖަރުމަން ދަރިކޮޅުން އައިސްފައިވާ މީހެކެވެ. ޓްރަމްޕްގެ މުނިކާފަގެ އުފަންދުވަހުގެ ސެޓްފިކެޓް ރަން ފްރޭމެއްގައި ޓްރަމްޕަށް ހަދިޔާކޮށް މާރޒް ވަނީ ޓްރަމްޕްގެ ރުހުން ހޯދައި ގާތް ވެލާފައެވެ. އަދި މިހާރު އީރާނާއި އިޒްރޭލުގެ ދެމެދު ބަދަލު ކުރަމުންދާ ހަމަލަތައް ބަދަލު ކުރުމުގައި ޖަރުމަންވިލާތުން އަދާކުރަނީ 3 ވަނަ ބޮޑު ހަނގުރާމައެއް ފަށްޓައި ދިނުމަށް އަދާކޮށްދޭ ރޯލެކެވެ. ޖީ7ގެ ގައުމުތަކުން، ޔަހޫދީންގެ ޓެރަރިސްޓް އުދުވާނަށް ސަޕޯޓުކޮށް އީރާނާ ދެކޮޅަށް ފާސްކުރި ގަރާރަކީވެސް ޖަރުމަންވިލާތުން އެކުލަވާލި ގަރާރެކެވެ. ޖަރުމަންވިލާތަކީ ދެ ހަނގުރާމަ ދުނިޔެއަށް ތައާރަފްކޮށްދީ މިލިއަނުން އިންސާނީ ދަރިފަސްކޮޅު ނައްތާލުމުގައި ބައިވެރިވި ގައުމެކެވެ. ޖަރުމަންގެ ޗާންސެލަރ މިހާރު އަދާކުރަމުންދާ ދައުރަކީ، ފުރަތަމަ ބޮޑު ހަނގުރާމަ ފެށުމަށް ޖަރުމަންގެ ކައިޒަރ ވިލްހެލްމް 2 ވަނަ ކުޅެފައިވާ ފަދަ ދައުރެކެވެ. ފުރަތަމަ ބޮޑު ހަނގުރާމަ ފެށުނީ 1914 ވަނަ އަހަރު އެވެ. ކުޑަކޮށް ފެށުނު އެ ހަނގުރާމަ ދުނިޔޭގެ ބޮޑު ހަނގުރާމައަކަށް ބަދަލުކުރުމުގައި ޖަރުމަނުން އުދުވާނީ ދައުރެއް އަދާކުރިއެވެ. ފުރަތަމަ ބޮޑު ހަނގުރާމައަކީ، ޖޫން 28، 1914 ގައި ސާބިއާގެ ހައްދުފަހަނައަޅާފައިވާ މީހަކު އޮސްޓްރިއާ-ހަންގޭރީގެ އާރޗްޑިއުކް ފްރާންޒް ފަރޑިނަންޑް އަވަހާރަކޮށްލުމުން ފެށުނު ހަނގުރާމައެކެވެ. ޖަރުމަނުން ސަޕޯޓުކުރާ އަވަށްޓެރި، އޮސްޓްރިއާ-ހަންގޭރީގެ ރަސްކަމުން، ސަރބިޔާއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ޖަރުމަނުން ހިތްވަރު ދިނެވެ. އެއަށްފަހު ޔޫރަޕްގައި ސިލްސިލާ ހަމަނުޖެހުމުގެ ހާދިސާތަކެއް ޖަރުމަންވިލާތުން މެދުވެރިކުރިއެވެ. ރަޝިޔާއިން ސާބިއާއަށް ތާއީދުކޮށް، ހަނގުރާމައިގެ ތެރެއަށް ވަނެވެ. އަދި ޖަރުމަންވިލާތުން ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރިއެވެ. އެއަށްފަހު ރަޝިޔާގެ ގާތް އެކުވެރިއެއް ކަމަށްވާ ފްރާންސާ ދެކޮޅަށް ޖަރުމަނުން ހަނގުރާމަ އިއުލާން ކުރިއެވެ. އަދި ފްރާންސަށް ހަމަލަ ދިނުމަށްޓަކައި، ވަކި ފަރާތަކަށް ނުޖެހި އޮތް ބެލްޖިއަމްއަށް އަރައި ޖަރުމަނުން އެތަން ހިފިއެވެ. ބެލްޖިއަމަށް ޖަރުމަން އެރިއިރު، ބެލްޖިއަމް ހިމާޔަތް ކުރުމަށް އިނގިރޭސިންނާއި ބެލްޖިއަމްއާ ދެމެދު މުއާހަދާއެއްގައި ސޮއިކޮށްފައި އޮތެވެ.  ބެލްޖިއަމް ދިފާއު ކުރުމަށްޓަކައި، އިނގިރޭސިންނަށް 4 އޮގަސްޓް 1914ގައި ހަނގުރާމައަށް ވަނުމަށް މަޖުބޫރު ވިއެވެ. ޖަރުމަނުގެ ލީޑަރު ކައިސަރ ވިލްހެލްމް ދެވަނަ ގެންދިޔައީ މިއަދު ޓްރަމްޕާއި ނަތަންޔާހޫ އުޅޭ ވައްތަރަށް ބޮޑާކަން ދައްކައި ގައުމުތަކުގެ އަގު ވައްޓަމުންނެވެ. މި ހާދިސާތަކުގެ ކުރިންވެސް ކައިސަރ ވަނީ އިނގިރޭސިވިލާތާ ދެކޮޅަށް މަސައްކަތް ފަށާފައެވެ. ކައިސަރ ވިލްހެލްމް، 1908 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު ޑެއިލީ ޓެލެގްރާފް އަށް ދިން އިންޓަރވިއުއަކީ މަޝްހޫރު އިންޓަވިއުއެކެވެ. އޭގައި އިނގިރޭސިންގެ އަގު ވައްޓާލައި އޭނާ ބޮޑެތި ވާހަކަތަކެއް ދެއްކިއެވެ. ކައިޒަރ ބުނީ ޖަރުމަނަކީ، "ޒުވާން އަދި ކުރިއަރަމުން އަންނަ އެމްޕަޔަރެއް" ކަމަށާއި އެކަން އިނގިރޭސިވިލާތުން ގަބޫލުކުރަން ޖެހޭނެ ކަމަށެވެ. ފުރަތަމަ ބޮޑު ހަނގުރާމައަށް ވަދެ، އިނގިރޭސިވިލާތުން ޖަރުމަނުގެ ކުރިއެރުން ހުއްޓުވަން ނިކުތީ، ފްރާންސާއި ރަޝިޔާއާ އެކު އިއްތިހާދު ހަދައިގެން ކަމަށެވެ. މިއަދު ޖަރުމަންގެ ޗާންސެލަރ ފްރެޑްރިކް މަރޒް ވެސް ހިނގަމުން އެދަނީ އެމަގުންނެވެ. ތަރީޚުގެ އެ ސަފްހާއަށް އަލުން ޒިޔާރަތްކޮށްލުން މުހިންމެވެ. -ފުރަތަމަ ޝާއިއުކުރީ: ހަލި ނިއުސްގައި  

ގުޅުންހުރި ޚަބަރު