ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
އީޔޫއަށް ވިޔަފާރި މުހިންމު
ދުނިޔެ

އީޔޫއަށް ވިޔަފާރި މުހިންމު

އއިބްރާހީމްް ސަމީރު22 ޖޫން 2025
ޕާކިސްތާންގެ އިންސާނީ ހައްގުތަކާއި ލޭބަރުންގެ ހައްގުތައް ބައިނަލްއަގްވާމީ މިންގަނޑުތަކަށް ނުފެތޭ މައްސަލައަކީ ޕާކިސްތާނާއި ޔޫރަޕްގެ ޖަމާއަތާ ދެމެދު ވިޔަފާރި މުއމަލާތުގައި ހުރަސްތަކެއް ކުރިމަތިކޮށްދޭ ކަމެކެވެ. އީޔޫގެ ޖެނެރަލައިޒްޑް ސްކީމް އޮފް ޕްރިފަރެންސް ޕްލަސް (ޖީއެސްޕީ+) ގައި ޕާކިސްތާނުން ވަނީ ބައިވެރިވެފައެވެ. މި ޖީއެސްޕީ ޕްލަސްގައި ލޭބަރުންނާއި އިންސާނީ ހައްގަކި އަސާސީ ބަޔެކެވެ. ޕާކިސްތާނުން އިންސާނީ ހައްގުތަކާއި ލޭބަރ ސްޓޭންޑަޑްތަކަށް ނުފެތޭތީ އެ ޕްރޮގްރާމްގެ ފައިދާ ޕާކިސްތާނަށް ލިބުމާ މެދު ސުވާލު އުފައްދައެވެ. ޖީއެސްޕީ+ އަކީ ޔޫރަޕްގެ އިއްތިހާދުން ތަރައްގީވަމުން އަންނަ ގައުމުތަކަށް ވިޔަފާރީގެ ފައިދާތައް ހޯދައި ދޭ ޕްރޮގްރާމެކެވެ. ނަމަވެސް ކުޑަކުދިން ލައްވައި މަސައްކަތް ކުރުވުމާއި، ގަދަކަމުން ނިޒާމުން ގެއްލުވާލުމާއި، ވެރިކަން ހިންގުމުގެ ނިޒާމު ބަލިކަށިވުމާ ގުޅޭ ގޮތުން ޕާކިސްތާނުގައި ހިނގަމުންދާ މައްސަލަތަކުން ޖީއެސްޕީ ޕްލަސް ތަންފީޒުކުރުމުގައި ހުރި ތަފާތުތައް ހާމަވެގެންދެއެވެ. ވިޔަފާރީގެ ލުއިތައް ދިނުމުންވެސް ނިޒާމަށް ގިނަ ފަހަރަށް މާނަހުރި ބަދަލެއް ގެނައުމަށް ނާކާމިޔާބު ވާތީ، ކޮމްޕްލައިންސް ކަށަވަރު ކުރުމަށް ޖީއެސްޕީ+ އިސްލާހު ކުރުމަށް އީޔޫއަށް އެތެރެއިން ފިއްތުންތައް ކުރިމަތިވެ އެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މި ސްކީމަކީ އަޚްލާގީ މިންގަނޑުތަކަށް ވުރެ އިގްތިސާދީ މަސްލަހަތަށް އިސްކަންދޭ ސްކީމެކެވެ. މި ކަމުގެ ސަބަބުން އީޔޫގެ އިތުބާރަށް ނުރައްކާވާނެ ކަމެއް ކަމަށެވެ. ނަމަވެސް އީޔޫއަކީ އަމިއްލަ އިގްތިސާދީ ހައްގާ އަޅާބަލާއިރު އިންސާނީ ހައްގު ބޮލާލައި ޖަހާ ޕާޓީއެކެވެ. އެކަން އެނގިގެން ދިޔައީ އިޒްރޭލުގެ ހަނގުރާމައިގެ ޖަރީމާތަކާ ހެދި އީޔޫއިން އިޒްރޭލަށް ފިޔަވަޅު އެޅުމަށް ސްޕެއިން ގޮވާލުމުން ސްޕެއންއާއި ސްލޮވިނިއާއާއި އަޔަރލެންޑް ފިޔަވައި އެހެން އެއްވެސް ގައުމަކުން އެކަމަށް ތާއީދު ނުކުރުމުންނެވެ. އެއާ ޚިލާފަށް ޖީއެސްޕީ ޕްލަސްއާ ބެހޭ ގޮތުން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ހަރުކަށި މޮނިޓަރިން ނިޒާމެއް ގެންގުޅުމަށާއި ގަވާއިދަށް އަމަލު ނުކުރާ ފަރާތްތަކަށް އަދަބު ދިނުމަށެވެ. މި ހާލަތުން ދައްކުވައިދެނީ ދުނިޔޭގެ ނުފޫޒު ދެމެހެއްޓުމަށް އީޔޫއިން ވިޔަފާރީގެ ސިޔާސަތުތައް އިންސާނީ ހައްގުތަކާ ގުޅޭ ވައުދުތަކާ އެއްގޮތް ކުރަން ޖެހޭ ކަމެވެ.

ގުޅުންހުރި ޚަބަރު