ދިވެހި|English 10 ޖުލައި 2026 · 00:41
Top banner
Advertisement
ސްޓްރެޓެޖިކް ބަދަލުތައް
ދުނިޔެ

ސްޓްރެޓެޖިކް ބަދަލުތައް

އއިބްރާހީމްް ސަމީރު23 ޖޫން 2025
އީރާނާއި އިސްރާއީލުގެ ކޯޅުންތަކާއި ކްރިޕްޓޯ އެމްބިޝަންތަކުގެ ތެރޭގައި ޕާކިސްތާނުގެ ސްޓްރެޓެޖިކް ބަދަލުތައް ޕާކިސްތާނުން އަމާޒު ހިފާފައިވަނީ އީރާނާއި އިސްރާއީލުގެ ހަމަނުޖެހުންތަކުން އިގްތިސާދީ އަދި ޖިއޮޕޮލިޓިކަލް ފައިދާތަކެއް ހޯދުމަށެވެ. މި އަމާޒަކީ ކްރިޕްޓޯކަރަންސީ ހަބަކަށް ވުމުގެ މަގްސަދު ހާސިލު ކުރުމަށް ކަމަށް ތަހުލީލު ކުރާ ފަރާތްތަކުން ބުނެ އެވެ. ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި ޕާކިސްތާނުން އެމެރިކާއަށް ވާގިވެރި ވުމުން އެމެރިކާއިން ޕާކިސްތާނަށް ލޯނުތަކާއި އަސްކަރީ ޓެކްނޮލޮޖީ ފަހިކޮށްދެއެވެ. ނަމަވެސް ޕާކިސްތާނުގެ އެމެރިކާގެ ގުޅުން ވަޅޯ ކޮށްލަނީ، އިސްރާއީލުގެ އެންމެ މަތީ ވިޔަފާރީގެ ބައިވެރިޔާ ޗައިނާއާ އެކު ޕާކިސްތާނުން ހަދާފައިޥާ އިއްތިހާދުންނެވެ. އިންޑިއާއާ ދެކޮޅަށް ޕާކިސްތާނުން ކުރިއަށް ގެންދިޔަ އަސްކަރީ ބިލްޑްއަޕްގެ ފައިދާ ލިބެމުން ޗައިނާ އޮތީ ހިމޭންވެފަ އެވެ. ޕާކިސްތާނުން ކްރިޕްޓޯ ލީޑަޝިޕަށް މަސައްކަތް ކުރާ އިރު މި ރޮނގުން ޕާކިސްތާންގައި ގާނޫނީ އޮނިގަނޑެއް ނޫނީ ހަރުދަނާ ގަވާއިދުތަކެއް ހެދިފައެއް ނުވެއެވެ. އަދި އިގްތިސާދީ ނުތަނަވަސްކަމުގެ ސަބަބުން ހުރަސްތަކެއް ވެސް ކުރިމަތިވެ އެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ޕާކިސްތާނުން އެތެރޭގެ އިގްތިސާދީ އިސްލާހުތަކަށް ވުރެ ގައުމުން ބޭރުގެ ފަރާތްތަކާއި ކްރިޕްޓޯގެ ރޮނގުން ގުޅުމާއި ސްޕެކިއުލޭޓިވް މާކެޓްތަކަށް އިސްކަން ދިނުމަކީ އިގްތިސާދީ ގޮތުން އިސްލާމްއާބާދަށް އިތުރު ދަތިތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ. އަދި މިކަންކަމަކީ، ޕާކިސްތާންގެ އިގްތިސާދު ބެލެންސްކުރުމަށް ޕާކިސްތާނުން އެކަހެރިވާން ޖެހޭނެ ކަންކަމެވެ.

ގުޅުންހުރި ޚަބަރު