ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ވަކާލާތު ކުރުމުގެ ހުއްދަ ބާޠިލު
ދުނިޔެ

ވަކާލާތު ކުރުމުގެ ހުއްދަ ބާޠިލު

އއިބްރާހީމްް ސަމީރު28 ޖޫން 2025
އެމެރިކާގެ މިހާރު ރައީސަށް އޭނާ ކުރިން ކުރިމަތިލައިގެން ނާކާމިޔާބުވި ދެވަނަ ދައުރުގެ 2020 ވަނަ އަހަރުގެ އިންތިޚާބުގެ ނަތީޖާ ބަދަލުކުރުމަށް ރޭވި ޖަރީމާގައި ބައިވެރިވި ވަކީލު ކެނެތު ޗެސެބްރޯގެ ވަކާލާތު ކުރުމުގެ ހުއްދަ ބާޠިލު ކުރީ ނިއުޔޯކްގެ އެޕީލް ކޯޓަކުންނެވެ. ޓްރަމްޕް އަޑީގައި އޮވެގެން 2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލުމަށް ރޭވި ޖަރީމާގައި މުހިންމު ދައުރެއް އަދާކުރި ކަމަށް ތުހުމަތު ކުރެވޭ ވަކީލު ކެނެތު ޗެސެބްރޯގެ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ބާތިލު ކުރީ މިދިޔަ އަހަރު ޖޯޖިއާގައި އޭނާގެ މައްޗަށް ކުށް ސާބިތު ވުމާ ގުޅިގެންނެވެ. ޗެސެބްރޯއަށް ކުރެވުނު ތުހުމަތުތަކުގެ ތެރޭގައި ހިމެނެނީ 2020 ވަނަ އަހަރުގެ އިންތިޚާބަށް ފަހު، އެމެރިކާގެ ހަ ސްޓޭޓަކުން ޓްރަމްޕަށް ތާއީދުކުރާ ކަމަށް ބުނެ، ފޭކު އިންތިޚާބީ މެމްބަރުން ކޮންގްރެސްއަށް ފޮނުވުމަށް ރާވައި އެކަމަށް އެހީތެރިވެ ލިޔުން އުފެއްދި ކަމަށެވެ. ކޯޓުން ބުނި ގޮތުގައި އޭނާގެ މި ޢަމަލުތަކުގެ ސަބަބުން އެމެރިކާގެ ޤާނޫނީ ނިޒާމާއި ޑިމޮކްރަސީއަށް ބުރޫއަރައި، ވަކީލެއްގެ ހައިސިއްޔަތުން އޭނާ ކޮށްފައިވާ ހުވަޔާ ޚިލާފް ވެފައި ވެއެވެ.

ގުޅުންހުރި ޚަބަރު