ދުނިޔެ
ވޮޝިންޓަންގައި ޗައިނާގެ ވާހަކަ
އެމެރިކާގެ ވެރިރަށުގައި ބާއްވާފައިވާ ޕެނަލް ޑިސްކަޝަނެއްގައި ބަހުސް ކޮށްފައި ވަނީ ދުނިޔޭގެ ކަންކޮޅުތަކުގައި ޗައިނާއިން ހަންފަތުރާ ކަމަށް ބުނެ ވާހަކަ ދައްކައިގެން އެކަން ބަހުސްކޮށްފައެވެ.
މި ޕެނަލްގައި ބައިވެރިވި މީހުން ވަނީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް އަމާޒުކޮށް ފައެވެ. އަދި އެ ޕާޓީން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނިޒާމީ ގޮތެއްގައި ހިންގަމުންދާ ސިޔާސީ ފިއްތުންތައް ފިއްތުމުގެ މަސައްކަތުގައި ބައިވެރިވާ ކަމަށް ބުނެއެވެ. އަދި އިޤްތިޞާދީ ފިއްތުންތަކާއި ޑިޖިޓަލް ޖާސޫސުކުރުމުގެ ކަންކަމުގައި ބައިވެރިވާ ކަމަށްވެސް ބުނެއެވެ.
ގައުމުން ބޭރުގައި އުޅޭ ޗައިނާގެ މީހުންނަށް އަމާޒުކޮށްގެން ހިންގާ ޓްރާންސްނޭޝަނަލް ސަވައިލެންސް އޮޕަރޭޝަންތަކުގެ ދަށުން، ޗައިޏާ ސަރުކާރުން ބޭރުގައި ދިރިއުޅޭ އެ ޤައުމުގެ ރައްޔިތުންނަށް ފާރަލަމުން ދެއެވެ. އަދި އެކަމުގައި ޒަމާނީ ނިޒާމުތަކެއް ބޭނުންކުރަމުންދެއެވެ.
މީގެ އިތުރުން، ޓެކްނޮލޮޖީ ކުންފުނިތަކުން ސަރުކާރުގެ ފާރަވެރިވުމަށް އެހީތެރިކަން ފޯރުކޮށްދޭކަންވެސް ފާހަގަ ކުރެވިފައި ވެއެވެ.
އިޤްތިޞާދީ ފިއްތުންތަކާއި މަޖުބޫރުކުރުމުގެ ސަބަބުން ބޭރުގެ ސަރުކާރުތަކަށާއި ވިޔަފާރިތަކަށް ބޮޑެތި ފިއްތުންތައް ކުރިމަތިވަމުން ދާކަން ފާހަގަ ކުރެވެއެވެ. ޗައިނާއިން ގައުމުތަކުގެ ބާޒާރަށް ވަނުން ބޭނުންކުރަނީ ސިޔާސީ ނުފޫޒު ފޯރުވުމުގެ ވަސީލަތެއްގެ ގޮތުގައެވެ. އަދި ބެއިޖިންގެ ސިޔާސަތުތަކާ ދެކޮޅު ހަދާ ކުންފުނިތަކަށް އިޤްތިޞާދީ ފިޔަވަޅުތައް އަޅަމުންދާކަން ވެސް ވަނީ ފާހަގަކުރެވިފައެވެ.
ޗައިނާގެ ޑިޖިޓަލް ޖާސޫސީ އޮޕަރޭޝަންތަކުގެ ޛަރީޢާއިން ފިކުރީ މުދަލާއި ސްޓްރެޓެޖިކް ގޮތުން މުހިންމު ޑޭޓާ ހޯދުމުގެ މަސައްކަތް ކުރެވެމުންދެއެވެ. އަދި ޕެނަލްގައި ވާހަކަ ދެއްކި ފަރާތްތަކުން ފާހަގަ ކުރި ފަދައިން ދައުލަތުގެ ހިމާޔަތުގައި ހަރަކާތްތެރިވާ ހެކަރުން އަމާޒުކުރަނީ ވާދަވެރި ގައުމުތަކުގެ ސަރުކާރުގެ އިދާރާތަކަށާއި މުހިންމު ކޯޕަރޭޝަންތަކަށެވެ. މި ސައިބަރ ހަމަލާތަކުގެ ސަބަބުން ޗައިނާގެ ޓެކްނޮލޮޖީ ކުރިއެރުވުމުގެ އަމާޒުތަކަށް މަގުފަހިވަމުންދާކަން ފާހަގަކުރެވެއެވެ.