ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
އިންޑިއާގެ އިގްތިސާދަށް އަސަރު ނުކުރޭ
ދުނިޔެ

އިންޑިއާގެ އިގްތިސާދަށް އަސަރު ނުކުރޭ

އއިބްރާހީމްް ސަމީރު1 ޖުލައި 2025
އިންޑިއާއަށް އޭޕްރީލް މަހު 8.8 ބިލިއަން ޑޮލަރުގެ ބޭރުގެ އިންވެސްޓްމަންޓްތައް ލިބިފައި ވެއެވެ. މިއީ އިންޑިއާގެ އުފެއްދުންތެރިކަމާއި ޚިދުމަތްތަކުގެ ދާއިރާއަށް ލިބުނު ކުރިއެރުމެކެވެ. އަދި ހަމައެއާއެކު އިންޑިއާގެ އިންފްލޭޝަން މިހާރު އޮތީ ފާއިތުވި ހަތް އަހަރާ އަޅާބަލާއިރު އެންމެ ދަށް މިންވަރެއްގައެވެ. އަދި އެތެރޭގެ އިގްތިސާދު ހަރުދަނާ ވުމުގެ ސަބަބުން މެއި މަހު ޖީއެސްޓީ ނަގާފައިވާ މިންވަރު ވަނީ މަތިވެފައެވެ. މިއީ އިންޑިއާގެ އިޤްތިޞާދީ ދުވެލީގެ ދުޅަހެޔޮކަން ކަމަށް ދައްކައެވެ. މީގެ އިތުރުން، ޔަހޫދީން އީރާނަށް ދިން ޓެރަރިސްޓް ހަމަލަތަކުން މެދުއިރުމަތީގައި ހަލަބޮލިކަން އުފެދުނު ނަމަވެސް، އިންޑިއާގެ އިޤްތިޞާދު އެކަމާ ކުރިމަތިލާފައި ވަނީ ކެތްތެރިކަމާއެކު ކަމަށް ވިދާޅުވެއެވެ. މި ޤައުމުތަކާއެކު އިންޑިއާގެ ވިޔަފާރީގެ ގުޅުން ނިސްބަތުން ކުޑަވެފައި ހަރުދަނާ މާލީ ސިޔާސަތުތަކާއި، 2024-25 ވަނަ އަހަރު ރެކޯޑު އަދަދަކަށް މުދާ އެކްސްޕޯޓް ކުރުމަށް މަގުފަހި ވުމުގެ ސަބަބުން، އިންޑިއާގެ ޖީޑީޕީގެ ކުރިއެރުން ދަނީ އެއް ވަރެއްގައި ދެމެހެއްޓެމުން ކަމަށް ވިދާޅުވެއެވެ.

ގުޅުންހުރި ޚަބަރު