ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ކަޅުފޮށި ފެނިއްޖެ
ދުނިޔެ

ކަޅުފޮށި ފެނިއްޖެ

އއިބްރާހީމްް ސަމީރު1 ޖުލައި 2025
އދ ން ކަނޑައަޅާފައިވާ ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރުގެ ގަވާއިދުތަކުގެ ދަށުން ބޯޓު ވެއްޓޭތާ 30 ދުވަހުގެ ތެރޭގައި އިބްތިދާއީ ރިޕޯޓެއް އދއަށް ހުށަހަޅަން ޖެހެއެވެ. އަދި ގައުމަކުން ބޭނުންނަމަ އެ ރިޕޯޓު ސިއްރުވެސް ކުރެވިދާނެއެވެ. އަދި ރަސްމީ ރިޕޯޓެއް އެއް އަހަރު ތެރޭގައި ފުރިހަމަ ކޮށް ޝާއިއުކުރަން ޖެހެއެވެ. އިންޑިއާގެ އަހުމަދުއާބާދުގައި ހިނގި މަތިންދާބޯޓުގެ ހާދިސާގެ ތަހުގީގު ރިޕޯޓު ޖުލައި މަހުގެ 12 ގެ ކުރިން އދއަށް ހުށަހަޅަން ޖެހޭނެއެވެ. އިންޑިއާއިން ބުނަނީ ބޯޓޫގެ ކަޅުފޮށި މިހާރު އަތު ޖެހިފައިވާ ކަމަށާއި އެ ފޮށި ތަހުލީލު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އިންޑިއާއިން މި މައްސަލަ ހާމަކުރުމުގައި ލަސްކަމަށް ބުނެ ޝަކުވާ ކުރެއެވެ. އިންޑިއާއިން ބުނެފައި ވަނީ ތަހުގީގުގައި ބޭރުގެ ފަރާތްތައް ބައިވެރިކޮށްފާނެ ކަމަށެވެ. ނަމަވެސް ކަޅުފޮށި ގައުމުން ބޭރަށް ނުފޮނުވާނެ ކަމަށެވެ. އިންޑިއާއިން ބުނަނީ މިހާދިސާއަކީ ބޯޓަށް ދިން ގެއްލުމަކުން ވީކަމެއްތޯ، ނޫނީ ދޫނިބައިގަނޑެއް ލައިގަނެގެން ދިމާވި ކަމެއްތޯ ނޫނީ ޕައިލެޓްގެ އިހުމާލުން ވީކަމެއް ތޯ ނޫނީ ދެ އިންޖީނު ފޭލިވެގެން ދިމާވި ކަމެއްތޯ ބަލާނެ ކަމަށެވެ. އެމެރިކާގެ ބޯއިން ކުންފުނިން އުފައްދާފައިވާ ޑްރީމްލައިނާ މަރުކާގެ ބޯޓު ވެއްޓުނީ އެ މަރުކާގެ ބޯޓުތައް އުފެއްދުމުގައި ކުންފުނިން މަކަރު ހަދާކަމަށް އެތައް ބަޔަކު ތުހުމަތުކޮށް ވާހަކަ ދައްކާފައި ވަނިކޮށެވެ. މިކަން ބޭޒާރުކޮށްލި އެކަކު ވަނީ އެމެރިކާގައި ގޮތް ނޭނގޭ މަރެއްގައި މަރާލާފައެވެ. އިންޑިއާއިން ބުނަނީ ބޯޓު ވެއްޓުނު މައްސަލަ ބަލަމުންދާއިރު ގަސްތުގައި އެއްވެސް ފަރާތަކުން ބޯޓު ވައްޓާލުމަށް މަސައްކަތް ކޮށްފައިވޭތޯވެސް ބަލާނެ ކަމަށެވެ. ޖޫން 12 ވަނަ ދުވަހު ހިނގި ހާދިސާގައި 274 ދަތުރުވެރިންގެ ތެރޭން އެންމެ މީހަކު ފިޔަވައި އެންމެން ވަނީ މަރުވެފައެވެ. އިނގިރޭސިވިލާތުގެ ލަންޑަން ގެޓްވިކް އަށް ދަތުރުކުރި ބޮއިންގް 787-8 ޑްރީމްލައިނާ އުދުހުނުތާ މާގިނައިރުތަކެއް ނުވެ ގޮސް އިމާރާތެއްގެ މައްޗަށް ވެޓުނެވެ.

ގުޅުންހުރި ޚަބަރު