ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ފަލަސްޠީނު ދަރިކޮޅުގެ މެމްބަރު
ދުނިޔެ

ފަލަސްޠީނު ދަރިކޮޅުގެ މެމްބަރު

އއިބްރާހީމްް ސަމީރު6 ޖުލައި 2025
އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގެ ހައުސް ކޮމިޓީން ވަނީ އެ މަޖިލީހުގައި ހިމެނޭ ފަލަސްޠީނު ދަރިކޮޅުގެ މެމްބަރު އައިމަން އޫދާ ވަކި ކުރުމަށް މަސައްކަތް ފަށާއި އެކަމަށް ވޯޓު ދީފައެވެ. އައިމަން އުދާ އަކީ، ހަދާޝް ތައާލް ޕާޓީގެ ލީޑަރެވެ. ޖެނުއަރީ މަހު އޫދާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެން އޭނާ މަޖިލީހުން ވަކި ކުރުމުގެ ބަހުސް ފެށުނެވެ. ހޯމަދުވަހު އެކަމަށް ވޯޓަށް އެހުމުން ކޮމިޓީގައި 14 ވޯޓު އޭނާއާ ދެކޮޅަށް ދިނެވެ. އޭނާއަށް ސަޕޯޓުކޮށް ވޯޓު ދިނީ ދެ މެމްބަރުންނެވެ. އޫދާގެ މައްސަލައަކީ މިސްމީޑިއާގައި މި ޕޯސްޓު ކުރުމެވެ. ހަމާސްގެ މެހުމާންދާރީގައި ތިބި ޔަހޫދުން މިނިވަން ވުމުން އޭނާ ކުރި ޕޯސްޓުގައި ބުނެފައި ވަނީ "(ހަނގުރާމައިގެ އަސީރުން) ދޫކޮށްލުމުން އުފާކުރަން. ދެ ފަރާތް ވެސް ހިސާރުކުރުމުގެ ދަތިކަމުން މިނިވަންވާން ޖެހޭނެ. އަހަރެމެން އެންމެން އުފަންވީ މިނިވަނުންގެ ގޮތުގައި" ކަމަށެވެ. މި ޕޯސްޓަކީ ހަމާސްއަށް ހިތްވަރުދޭ ޕޯސްޓެއްކަމަށް ޓެރަރިޒަމަށް ވާގިވެރިވާ ޔަހޫދީ ޒަޔަނިސްޓުން ބުނެ އޭނާ މެމްބަރު ކަމުން ވަކި ކުރުމަށް މަސައްކަތް ފެށިއެވެ. ކޮމިޓީ މަރުހަލާ ނިމިގެން އެ މައްސަލައަށް އަޅުމުގައި ވޯޓަށް އަހާނެއެވެ. ގާނޫނު ހަދާ މަޖިލީހުގެ 120 ގާނޫނު މެމްބަރުންގެ ތެރެއިން 90 މެމްބަރުން އޫދާ ވަކިކުރުމަށް ރުހުން ދީފިނަމަ، އޭނާ ވަކިވީއެވެ. އެއަށްފަހު އެކަން އޭނާއަށް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު އޮންނާނެއެވެ. އޫދާ ވަކި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ނަތަންޔާހޫގެ ލިކޫދު ޕާޓީގެ މެމްބަރެކެވެ. ގާނޫނު ހަދާ މަޖިލީހުގެ ކައުންސެލް ޖެނެރަލް ބުނެފައި ވަނީ އޫދާއާ ދެކޮޅަށް ހުށަހެޅިފައިވާ މައްސަލައކީ އޭނާ ވަކި ކުރުމަށް އެކަށީގެންވާ ވަރުގެ މައްސަލައެއް ނޫން ކަމަށެވެ. ޔަހޫދީންގެ ގާނޫނު ހަދާ މަޖިލިސް ބޭރުގައި ޔަހޫދީ އަދި ފަލަސްޠީނު ދަރިކޮޅުގެ އަރަބިން ވަނީ އޫދާއަށް ތާއީދުކޮށް އެއްވުމެއް ބާއްވާފައެވެ. އުދާ ވަކި ކުރުމުގެ މަސައްކަތަކީ ސިޔާސީ ގޯނާއެއް ކަމަށް އޭނާ ބުނެއެވެ. އަދި މިއީ ގާނޫނު ހަދާ މަޖިލީހުގައި އަރަބިންގެ އަޑު ކަނޑުވާލުމުގެ އަމަލެއްކަމަށް ބުނެއެވެ.

ގުޅުންހުރި ޚަބަރު