ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ޖަރުމަން ފުލުހުން
ދުނިޔެ

ޖަރުމަން ފުލުހުން

އއިބްރާހީމްް ސަމީރު7 ޖުލައި 2025
ފަލަސްޠީނަށް ސަޕޯޓުކޮށް މުޒާހަރާ ކުރާ މީހުންނާ ދެކޮޅަށް ޖަރުމަން ފުލުހުން އަނިޔާވެރިކޮށް ކުރިމަތިލައި ފިޔަވަޅު އަޅަމުންދާތީ ޖަރުމަން ފުލުހުންނަށް މުސާރަ ދެނީ އިޒްރޭލުންތޯ އާންމުން ސުއާލު ކުރަން ފަށައިފިއެވެ. ޖަރުމަން ފުލުހުން ވަނީ ފަލަސްޠީނަށް ސަޕޯޓުކޮށް މުޒާހަރާ ކުރާ މީހުން ހައްޔަރު ކޮށްފައެވެ. އަދި ފަލަސްޠީނަށް ތާއީދުކޮށް ޔަހޫދީ ޒަޔަނިސްޓުންގެ ހަނގުރާމައިގެ ޖަރީމާތައް ހިންގާ އައިޑިއެފް (ސިފައިން)އާ ދެކޮޅަށް ފާޑު ކިޔުމުން ފުލުހުން މިހުންގެ އަނގަޔަށް އަތްބާނައި އެމީހުންގެ އަނގަ ބަންދުކުރަންވެސް މަސައްކަތް ކުރެއެވެ. ފާޑު ކިޔާ ފަރާތްތަކުން ބުނަނީ ނާޒީންނަށް އެއް ޒަމާނެއްގައި ތާއީދު ކުރި މި ގައުމުގައި ފުލުހުން އަމަލު ކުރަމުންދާ ގޮތުން ޖަރުމަންވިލާތުގައި އަނެއްކާވެސް ޑިމޮކްރެސީގެ ހާލަތާ މެދު މިހާރު ކަންބޮޑުވާ ކަމަށެވެ. ފަލަސްޠީނަށް ތާއީދުކޮށް ބާލިންގައި މުޒާހަރާ ކުރި މީހުން ވަނީ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ޒަޔަނިސްޓު ޔަހޫދުން ހިންގާ ގަތުލުއާންމުތައް ހުއްޓާލުމަށް ގޮވާލައި ކާފިޔާ އަޅައިގެން ފަލަސްތީނުގެ ދިދަ ހިފައިގެން މުޒާހަރާ ކޮށްފައެވެ.

ގުޅުންހުރި ޚަބަރު