ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދު
ދުނިޔެ

ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދު

އއިބްރާހީމްް ސަމީރު6 ޖުލައި 2025
ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި ތިލަ ފަރުތަކާއި ގިރިތަކުގެ މިލްކުވެރިކަމާ މެދު ގައުމުތަކުން މައްސަލަ ޖައްސައެވެ. ނަމަވެސް ޗައިނާއިން ވަނީ އެތަންތަނަށް އަމިއްލަ ނަންތައް ދީ ޗާޓްތައް ކުރަހާފައެވެ. އަދި ޗައިނާއިން ވަނީ ދެބަސްވުން އުފެދިފައިވާ ތަންތާނގައި އަސްކަރީ މަނަވަރުތައް ބޭނުންކޮށްގެން ޕެޓްރޯލް ކުރުންވެސް ވަރުގަދަކޮށްފައެވެ. ޗައިނާގެ މި ސްޓްރެޓެޖީތަކުގެ މަގުސަދަކީ ވިޔަފާރީގެ މުހިންމު މަގުތައް ކޮންޓްރޯލްކޮށް، ޚާއްސަކޮށް އެމެރިކާ ފަދަ ވާދަވެރި ނޭވީތަކުގެ ހަރަކާތްތައް ހުއްޓުވުމެވެ. ދެކުނު ޗައިނާ ކަނޑާއި ޓައިވާން ކަނޑުއޮޅިއާއި ޖަޕާން ކައިރީގައި ޗައިނާގެ ސިފައިން ކުރިއަށް ގެންދާ އަސްކަރީ ހަރަކާތްތަކުން ސަރަހައްދުގެ ޖިއޮޕޮލިޓިކަލް ސްޓްރެޓެޖީއަށް ބަދަލު އަންނަމުންދާ ކަމަށް އިންޑޯ ޕެސިފިކްގެ ގައުމުތަކުން ބުނެއެވެ. ޗައިނާއިން ވަނީ ދެކުނު ޗައިނާ ކަނޑާއި އުތުރު ޗައިނާ ކަނޑުގައި އަސްކަރީ ހަރާކްތައް މެދު ނުކުނެޑި ކުރިއަށް ގެންދަން ފަށާފައެވެ. ފިލިޕީންސްގެ ކޯސްޓްގާޑާއި ޗައިނާގެ މަނަވަރުތަކާއި ކޯސްޓްގާޑާ ދެމެދު ނޭއްގާނި ހަމަލަތައް ބަދަލު ކުރަމުން ދިއުމުގެ ތެރޭގައި މިދިޔަ މަހުގައިވެސް ޗައިނާ އިން ވަނީ ފިލިޕީންސްގެ އުޅަނދުތަކާ ދެކޮޅަށް ފެން ބަޑި ބޭނުން ކޮށްފައެވެ. އޭގެ ދުވަސްތަކެއް ކުރިން ޗައިނާގެ ސިފައިންގެ 74 މަތިންދާބޯޓަކުން ޓައިވާން ކަނޑުއޮޅީގައި އިން ވަކި ކުރާ ރޮނގު ހުރަސްކޮށް ޓައިވާން ސަރަހައްދަށް ވަން ކަމަށް ބުނެ ޓައިވާނުން ވަނީ ޝަކުވާ ކޮށްފައެވެ.  އަދި ތައިވާން ކަނޑު އޮޅީގައި އަސްކަރީ ހަރަކާތްތައް ވަރުގަދަ ކުރުމަށްފަހު ޓައިވާން ހިސާރަ ކުރަން އުޅޭ ކަމުގެ އިހުސާސެއްވެސް ޗައިނާއިން ދިން ކަމަށް ޓައިޕޭއިން ބުނެއެވެ. މީގެ އިތުރުން ޗައިނާގެ މަތިންދާބޯޓު އުފުލާ މަނަވަރު ޝަންޑޮންގް އާއި ލިއައޮނިންގް އިން ވަނީ ޖަޕާން ކައިރީގައި މީގެ ކުރިން ފެނިފައި ނުވާފަދަ އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފައެވެ. އަދި އެ މަނަވަރުތަކުން 500އަށް ވުރެން ގިނަ ދަތުރުގައި ބޯޓުތައް ޖަޕާނު ކައިރިއަށް އުދުއްސާފައި ވެއެވެ. މިކަންކަމުގެ އިތުރުން ފިލިޕީންސް އާއި އާސީން ގައުމުތަކަށް ވަނީ މިކަންކަމުން އިސްތިގުލާލަށް ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށް ބުނެ ފައެވެ. ޖަޕާނާއި ޓައިވާނުން ދިފާއީ ބާރުތައް ވަރުގަދަ ކުރި ނަމަވެސް ޗައިނާއިން ދަނީ މުޅި ސަރަހައްދުގައި އެތައް ދިމާއެއްގައި ބާރާއި ނުފޫޒު ފަތުރަމުންނެވެ.

ގުޅުންހުރި ޚަބަރު