ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
ޒަޔަނިސްޓް މުދިމުންތަކެއް
ދުނިޔެ

ޒަޔަނިސްޓް މުދިމުންތަކެއް

އއިބްރާހީމްް ސަމީރު8 ޖުލައި 2025
އިޒްރޭލުގެ ރައީސް އޮފީހުގައި ޔޫރަޕްގެ ބައެއް ގައުމުތަކުގެ މިސްކިތްތަކުގެ ޒަޔަނިސްޓު ފިކުރުމުގެ ބައެއް އިމާމުންގެ ގްރޫޕަކާއެކު އިއްޔެ ބައްދަލުވުމެއް އޮތެވެ. މި ބައްދަލުވުމުގައި ބައިވެރިންގެ ހިތުގައި އިޒްރޭލަށް އޮތް ލޯބި ހުށަހަޅައި ދިނީ އިމާމް ޔޫސުފް މިސްބާހު އެވެ. ޔޫސުފް މިސްބާހަކީ 20 އަހަރު ވަންދެން ބެލްޖިއަމްއާއި ނޯވޭއާއި ނެދަރލެންޑްގެ މިސްކިތްތަކުގައި އިމާމް ކަން ކޮށްފައިވާ މީހެކެވެ. ހަރްޒޮގްއާ ވާހަކަ ދައްކަމުން އޭނާ އިޒްރޭލުގެ ގައުމީ ސަލާމް ހަތިކްވާ ހުށަހަޅައިދީ އަރަބި ބަހުން އޭގެ އައު މާނައެއް ހަރްޒޮގަށް އިއްވިއެވެ. އަޔަރލެންޑުން އައިސް ފަލަސްޠީނުގެ ބިމަށް އަތްގަދަކޮށްފައިވާ ހަރްޒޮގްވެސް އިމާމުގެ ޒަޔަނިސްޓުކަމާ ހެދި ހައިރާން ވިއެވެ. އޭނާ ދިޔައީ ހެޑްފޯން އަޅައިގެން އިނދެ ތަރުޖަމާނުގެ އެހީގައި އިމާމުން ދެއްކި ވާހަކަތައް އަޑު އަހަމުންނެވެ. މިސްބާހު ވަނީ ރީއްޗަށް އިޒްރޭލުގެ ގައުމީ ސަލާން އިއްވާފައެވެ! ހަރްޒޮގް ވާހަކަ ފެށިގޮތުން ހީވަނީ ބަޑިބޭހާއި ބާރޫދަކީ އިޒްރޭލުގެ ޔަހޫދީންނަށް އަދި އެނގިފެނިފައި ނުވާ އެއްޗެއް ހެންނެވެ. "އަހަރެމެން އެންމެންނަކީ އިބްރާހީމްގެފާނުގެ ދަރިން، އަދި އަހަރަމެން ގަބޫލުކުރާ ގޮތުގައި އަހަރަމެންގެ ސަރަހައްދުގައި ލިބިފައިވާ ތާރީޚީ ކުރިއެރުމަކީ މުސްލިމުންނާއި ޔަހޫދީންނާއި، އަދި ޔަހޫދީންނާއި މުސްލިމުންނާ ދެމެދު މަޝްވަރާ ކޮށްގެން ލިބިފައިވާ ކުރިއެރުން،" ހަރްޒޮގް ބުންޏެވެ. "ކަލޭމެންގެ މި ދަތުރުން ދައްކައި ދެނީ މެދުއިރުމަތީގައި ހިމޭނުންވެސް ބަޔަކު އެބަތިބިކަން. ތިޔަ ކުރާ ހިތްވަރަށް ހަމަ ސާބަސް." އޭނާ އިތުރަށް ބުންޏެވެ. ޒަޔަނިސްޓު އިމާމުންގެ ދަތުރަށް ފައިސާ ކަރަދުކޮށްފައި ވަނީ ޔޫރަޕާއި އިޒްރޭލާ ދެމެދު ގުޅުން ބަދަހިކުރާ އެންޖީއޯއެއް ކަމަށްވާ ޔަހޫދީންގެ އެލްނެޓް އިންނެވެ. ޒަޔަނިސްޓު އިމާމުން ވަނީ ޔަހޫދީންގެ ގާނޫނު ހަދާ މަޖިލީހުގައިވެސް ބައްދަލުވުންތައް ބާއްވާފައެވެ. އޭގެ ކުރިން އެމީހުން ވަނީ ގުދުސްގައި އިޒްރޭލު ސަރުކާރުގެ އުޅަނދުތަކުގައި ގެންގޮސް ތަންތަން ދައްކާލާފައެވެ. މިމީހުން ބޭއްވި ބައްދަލުވުންތަކުގައި ޔަހޫދީންގެ އިމާމް ފާދިރީ ރާބާއި ޔޫސުފްއާ ބައްދަލު ކުރުންވެސް ހިމެނެއެވެ. އަދި ހަނގުރާމައިގެ ޖަރީމާތައް ހިންގައި އަރަބިންނާއި ފަލަސްޠީނު މީހުންނަށް މަލާމާތް ކުރާ ހަނގުރާމައިގެ ޖަރީމާތައް ހިންގާ ޔަހޫދީންގެ ސިފައިންގެ އަރަބި ތަރުޖަމާނު އަފީހާއި އަދުރުއީއާ އެކު ސައި މޭޒު ސައްލާއެއްވެސް ބޭއްވިއެވެ. އަދި ޙަމާސްގެ މެހުމާނުންގެ ގޮތުގައި ތިބި ހަނގުރާމައިގެ އަސީރު ޔަހޫދީންގެ ބަޔަކާއެކުވެސް ސައިމޭޒު ސައްލާއެއް އޮތެވެ. އަދި ޙިޒުބުﷲ އިން ދިން ހަމަލައެއްގައި މަޖުދުއްޝަމްސުގައި މަރުވި ދުރޫޒް މީހުންގެ އާއިލާތަކާވެސް މިމީހުން ބައްދަލު ކުރިއެވެ. ހަރްޒޮގް ބުނީ ޔަހޫދީންނަކީ ސުލްޙައަށް ފެންބޮވައިގެންފައިވާ ބައެއް ކަމަށާއި ޔަހޫދީންގެ ތާރީޚުގައި ދުވަހަކުވެސް ޔަހޫދީއަކު މީހަކު މަރާފައި ނުވާނެ ކަމަށެވެ. އަދި މުޅި އިންސާނިއްޔަތަށް ސުލްޙައަށް މަސައްކަތް ކުރާ ބަޔަކީ ޔަހޫދީ ޒަޔަނިސްޓުން ކަމަށެވެ. "މިތާ އިޒްރޭލުގައި އަހަރަމެން ބޭނުންވަނީ ސުލްހަ. އެ ނޫން އެއްޗެއް ބޭނުމެއް ނޫން،" އޭނާ ބުންޏެވެ. "އަހަރަމެން ބޭނުންވަނީ އަހަރަމެންގެ (މައުސޫމު ރަހީނުން) އަނބުރާ ގައުމަށް ގެންނަން، އަދި ޣައްޒާގެ ރައްޔިތުންގެ ތަކުލީފުތަކަށް ވެސް ނިމުމެއް އަންނަތަން ދެކެން. އަހަރަމެން  ބޭނުންވަނީ އެންމެންނަށް ރަނގަޅު ދިރިއުޅުމެއް ލިބެން." މޫނަށް ރުލެއް ވެސް އަރުވައި ނުލައި ހަރްޒޮގް ނިޔަނެތިކޮށް ބުންޏެވެ. "ސީރިއާއާ އެކު، ލުބުނާނާ އެކު ސުލްހަވާނެ! އިންޝާالله  ސައުދީ އަރަބިއްޔާއާ ވެސް ސުލްހައަށް އަންނާނެ. އަހަރަމެން ކުރިއަށް ދާނީ" ޒަޔަނިސްޓު އިމާމުންނާ މުޚާތަބުކޮށް އިޒްރޭލު ރައީސް ބުންޏެވެ. މިއީ ހިފާފައިވާ ފަލަސްޠީނުގައި އިންދާފައިވާ ޒަޔަނިސްޓުންގެ ފަސާދަ ކުރަނިވި ދައުލަތަށް ޒަޔަނިސްޓު އިމާމުން އައި ފުރަތަމަ ފަހަރެވެ. "އަހަރެން ކުރިން ވެސް ސައުދީ އަރަބިއްޔާގެ މައްކާ އާއި މަދީނާއަށް ހައްޖު ގޮސް ހައްޖު ކުރިން. އަހަރެން އިންތިޒާރު ކުރަމުން ދިޔައީ އިޒްރޭލަށް އައިސް ގުދުސްއަށް ޒިޔާރަތް ކުރުމަށް" އަލީ އަލްއާޖާ ބުންޏެވެ. މި ޒަޔަނިސްޓު އިމާމަކީ އިޓަލީގެ ޓޫރިންގައި އަލަށް އުފެއްދި އިޓަލީ އިސްލާމިކް ކޮންފެޑެރޭޝަން ގެ ރައީސް އެވެ. އޭނާއަކީ ޒަޔަނިސްޓު ދައުލަތާ ގާތް ގުޅުމެއް ބާއްވާ މޮރޮކޯގެ ރައްޔިތެކެވެ. އެލްނެޓްގެ ތަރުޖަމާނަކު ބުނީ މި ދަތުރަށް މީހުން ހޮވާފައި ފްރާންސްގެ އިމާމުންގެ ކޮންފަރެންސްގެ ޗެއާމަން އިމާމް ހަސަން ޝަލްޣޫމީއާ ގުޅިގެންނެވެ. ޒަޔަނިސްޓު އިމާމުން ވަނީ 7 އޮކްޓޫބަރު 2023ގައި ފެށި އަޤްޞާ ޠޫފާނަކި ނުބައި ފެށުމެއްކަމަށް ބުނެ އެކަން ކުށްވެރިކޮށްފައެވެ. ފްރާންސްގެ އިމާމުންގެ ކޮންފަރެންސްގެ ޗެއާމަން އިމާމް ހަސަން ޝަލްޣޫމީގެ ވާހަކައިގައި ޙިޒުބުﷲ ސިފަ ކޮށްފައި ވަނީ ޝައިޠާނުންގެ ޕާޓީގެ ގޮތުގައެވެ. "ޔަހޫދީން ތަމްސީލު ކުރަނީ އަޚުވަންތަކަމުގެ އަދި އިންސާނިއްޔަތުގެ ދުނިޔެއެއް، އޯގާތެރިކަމުގެ ދުނިޔެއެއް. ޑިމޮކްރަސީއާއި މިނިވަންކަމުގެ އަގުތަކުގައި ޔަހޫދީން ތިޔަ ތިބީ" ފްރާންސްގެ އިމާމުންގެ ކޮންފަރެންސްގެ ޗެއާމަން އިމާމް ހަސަން ޝަލްޣޫމީ ބުންޏެވެ. އިނގިރޭސިވިލާތުގައި ހުންނަ ޖަމިއްޔާއެއް ކަމަށްވާ އިސްލާމިކް ތިއޮލޮޖީ އޮފް ކައުންޓަރ ޓެރަރިޒަމްގެ ފައުންޑަރ އަދި އެގްޒެކެޓިވް ޑިރެކްޓަރު ނޫރު ދަހުރީ ބުނީ ހަރުކަށި ފިކުރުގެ ބާރުގަދަ ވަނީ މުސްލިމުން އެމީހުންނާ ބައިވެރިވާތީ ކަމަށެވެ. "ހަރުކަށި ފިކުރުގެ މީހުން މެދުއިރުމައްޗަށް ނުވަތަ ޕާކިސްތާނަށް ވުރެ ހުޅަނގުގެ ގައުމުތަކުގައި ބާރުގަދަވާ ސަބަބަކީ، މެދުއިރުމައްޗާއި ޕާކިސްތާނުގައި ދެ ވައްތަރެއްގެ މީހުން - މުސްލިމުންނާއި އިސްލާމިސްޓުން – އުޅޭތީ" ނޫރު ދަހުރީގެ ވާހަކައިގައި ބުންޏެވެ. އޭނާ ބުނީ އިސްލާމިޒަމް އަކީ ނައްތާލަން ޖެހޭ ފިކުރެކެވެ.  

ގުޅުންހުރި ޚަބަރު