ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ބްރަޒިލްގެ ރައީސް ޓްރަމްޕަށް
ދުނިޔެ

ބްރަޒިލްގެ ރައީސް ޓްރަމްޕަށް

އއިބްރާހީމްް ސަމީރު8 ޖުލައި 2025
ބްރަޒިލްގެ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަން އުޅުމުން ޓްރަމްޕަށް ބްރަޒިލްގެ ރައީސް ފާޑު ވިދާޅުވެއްޖެއެވެ. ބަޣާވާތެއް ކުރަން އުޅުނު ކަމުގެ ދައުވާ އުފުލާފައިވާ ކުރީގެ ރައީސް ޖޭއާ ބޮލްސޮނާރޯގެ ދިފާއުގައި ޓްރަމްޕް ވާހަކަ ދެއްކުމުން ބްރަޒިލްގެ ރައީސް ލޫލާ ޑިސިލްވާ ވިދާޅުވީ ބްރަޒިލްގެ ކަންކަމާ ނުބެހި އަމިއްލަ ކަންކަމާ ވިސްނުމަށެވެ. "އަހަރަމެންގެ ކަންކަމާ ނުބެހި އަމިއްލަ ހާލާއިގެން އުޅެވޭތޯ ބަލާ ބަލަ" ޓްރަމްޕަށް ފާޑު ވިދާޅުވަމުން ލޫވާ ވިދާޅުވިއެވެ. އަދި އިތުރަށް ވިދާޅުވިއެވެ. "މި ގައުމުގައި ގާނޫނުތަކާއި ގަވާއިދުތައް އެބަހުރި. މި ގައުމުގެ ބޮޑު މީހަކީ ބްރެޒިލްގެ ރައްޔިތުން،" ހޯމަ ދުވަހު ރިއޯ ޑި ޖެނީރޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލޫލާ ވިދާޅުވި އެވެ. ކަސްބީ އަންހެނެއް ކަމަށްވާ ޑެނިއެލް ސްޓޯމީއާއި އެހެން 40 އެތައް އަންހެނުންނެއް ރޭޕްކުރުމުގެ ކުށް ސާބިތުވެފައިވާ ކަމަށް ކޯޓުން ކަނޑައަޅާފައިވާ ޓްރަމްޕް ވަނީ ބޮލްސޮނާރޯގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ސިޔާސީ ދައުވާތަކެއް ކަމަށް ބުނެފައެވެ. މިއީ އިޒްރޭލުގެ ނަތަންއާ ބެހޭ ގޮތުންވެސް އޭނާ ބުނި ވާހަކައެކެވެ. ބްރަޒިލްގެ ރައީސް ލޫލާ ޓްރަމްޕަށް ފާޑު ވިދާޅުވީ ޓްރަމްޕް ބޮލްސޮނާރޯގެ ދިފާއުގައި ވާހަކަ ދެއްކިތާ ގަޑިއެއްހައި އިރު ފަހުންނެވެ. ބޮލްސޮނާރޯއަކީ ވެރިކަން ކުރިއިރު ތްރަމްޕް ސްޓައިލް ކޮޕީކޮށްގެން ގައްޑާ ސްޓްރައިލަކަށް ވެރިކަން ކުރަން އުޅުނު މީހެކެވެ. އެއިރު އޭނާއާއި ތްރަމްޕާއި މޮދީ ގެންގުޅުނީ އެއްސްޓައިލެކެވެ. ބޮލްސޮނާރޯގެ ޝަރީއަތަކީ، 2022 ވަނަ އަހަރުގެ އިންތިޚާބުގައި ލޫލާގެ ސަރުކާރާ ދެކޮޅަށް ބަޣާވާތް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ފަށާފައިވާ ޝަރީއަތެކެވެ. ބްރެޒިލްގެ އިންތިޚާބީ ކޯޓުން ވަނީ ބޮލްސޮނާރޯއަށް އިންތިޚާބީ މަގާމަކަށް ކުރިމަތި ނުލެވޭ ގޮތަށް ހުކުމް ކޮށްފައެވެ. ނަމަވެސް އަންނަ އަހަރު އިންތިޚާބަށް ކުރިމަތިލާން ވިސްނައި އޭނާ ވަނީ ޓްރަމްޕްގެ ނުފޫޒު ފޯރުވައި ދިނުމަށް އެދިފައެވެ.

ގުޅުންހުރި ޚަބަރު