ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
އިންޑިއާ އޮސްޓްރޭލިއާގެ ވިޔަފާރި
ދުނިޔެ

އިންޑިއާ އޮސްޓްރޭލިއާގެ ވިޔަފާރި

އއިބްރާހީމްް ސަމީރު17 ޖުލައި 2025
އިންޑިއާ އޮސްޓްރޭލިއާގެ ވިޔަފާރީގެ އެއްބަސްވުމުން އިންޑިއާގެ "މޭކް އިން އިންޑިއާ" އިނީޝިއޭޓިވްއާއި އޮސްޓްރޭލިއާގެ ވިޔަފާރި ތަފާތުކުރުމުގެ ލަނޑުދަނޑިތަކަށް އެހީތެރިވެދެއެވެ. އަދި މިހާރު ދެގައުމުން ދަނީ ފުޅާ އިޤްތިޞާދީ އެއްބާރުލުމުގެ އެއްބަސްވުމެއް އެކުލަވާލުމަށް މަޝްވަރާ ކުރަމުންނެވެ. 2030އަށް ދެ ގައުމުގެ ވިޔަފާރި 50 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް އަމާޒު ހިފާފައި ވެއެވެ. މީގެ އިތުރުން ގްރީން ހައިޑްރޮޖަން، ކްރިޓިކަލް މިނަރަލްސް އަދި ޑިޖިޓަލް ވިޔަފާރިއަށް އިސްކަންދިނުމަކީ އައު އެއްބަސްވުމުގައި ހިމެނޭ މުހިންމު ބައެކެވެ. މި ޕާޓްނަރޝިޕްގެ ސަބަބުން އޮސްޓްރޭލިއާގެ ވަސީލަތްތަކުގެ މުއްސަނދިކަމާއި އިންޑިއާގެ އުފެއްދުންތެރިކަމުގެ ޤާބިލުކަން ބޭނުންކޮށްގެން އިޤްތިޞާދީ އަދި ސްޓްރެޓެޖިކް ގުޅުން ވަރުގަދަކުރެވެއެވެ. އޮސްޓްރޭލިއާ-އިންޑިއާ އިޤްތިޞާދީ އެއްބާރުލުމާއި ވިޔަފާރީގެ އެއްބަސްވުން (އީސީޓީއޭ)، 2022 ގައި ސޮއިކުރެވުނު ފަހުން ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި ވަރަށް ބޮޑަށް ކުރިއަރައިގެން ގޮސްފައިވެއެވެ. 2021 ވަނަ އަހަރު 12.2 ބިލިއަން އެމެރިކާ ޑޮލަރުގައި ހުރި ވިޔަފާރި، މިދިޔަ އަހަރު ވަނީ 24.2 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެފައެވެ.  އިންޑިއާއިން އޮސްޓްރޭލިއާއަށް އެކްސްޕޯޓުކުރާ ތަކެތީގެ ތެރޭގައި ސާފުކޮށްފައިވާ ތެޔޮ، ބޭސް، ފޭރާން، އިންޖިނިއަރިންގގެ ސާމާނާއި ދަނޑުވެރިކަމުގެ އުފެއްދުންތައް ހިމެނެއެވެ. އަދި ޕެޓްރޯލިއަމްގެ ބާވަތްތަކާއި  ކޯކް އަދި ސިނާޢީ ކަންކަމަށް ބޭނުންކުރާ މެޝިނަރީ ފަދަ އައު އެކްސްޕޯޓު ބާވަތްތައްވެސް މިހާރު ވަނީ އެކްސްޕޯޓް ލިސްޓަށް އިތުރުވެފައެވެ. އޮސްޓްރޭލިއާއިން އިންޑިއާއަށް ސަޕްލައިކުރާ ތަކެތީގެ ތެރޭގައި ކާބަން ބްރިކެޓްސް، ރަން، ޤުދުރަތީ ގޭސް، އެލުމިނިއަމް، ދާލް އަދި ކަންވާރު ހިމެނެއެވެ. މި ތަކެއްޗަށް ޓެރިފް ކުޑަކުރުމުގެ ސަބަބުން ދެ ފަރާތްތަށްވެސް ފައިދާ ލިބިފައިވެއެވެ. މި ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ޓެރިފްތައް ދަށް ކުރެވިފައި ވެއެވެ. އަދި މާކެޓަށް ވަނުމުގެ ފުރުޞަތު އިތުރުކޮށް، ސަޕްލައި ޗެއިންގެ އެއްބާރުލުން ވެސް ވަނީ އިތުރު ވެފައެވެ.

ގުޅުންހުރި ޚަބަރު