ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ޔަހޫދީ ސިފައިން އިންޒާރު ދީފި
ދުނިޔެ

ޔަހޫދީ ސިފައިން އިންޒާރު ދީފި

އއިބްރާހީމްް ސަމީރު17 ޖުލައި 2025
ފަލަސްތީނުގެ ޣައްޒާގައި ދިރިއުޅޭ ރައްޔިތުން މޫދަށް އެރިއުޅުމާއި، މަސްވެރިކަން ކުރުން މަނާކޮށް، މި އަމުރާ ޚިލާފުވާ ފަރާތްތަކާ ދެކޮޅަށް ބާރުގެ ބޭނުންކުރާނެ ކަމުގެ އިންޒާރު އިޒްރޭލުގެ ސިފައިން ދީފިއެވެ. ޔަހޫދީ ސިފައިން މި އަމުރު ނެރިފައިވަނީ، ޣައްޒާގައި ޔަހޫދީ ސިފައިން ހިންގާ ނަސްލު ނައްތާލުމުގެ ޢަމަލުތަކުގެ ސަބަބުން އެ ސަރަޙައްދުގައި މީހުންނަށް ދިރިއުޅުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. ޔަހޫދީ ސިފައިން ހިންގާ މި ޢަމަލުތަކުގެ ސަބަބުން ޣައްޒާގައި 6,000 އަށް ވުރެ ގިނަ މީހުންނަށް ވަޒީފާގެއްލި، ކާނާ ލިބޭ މަގު ބަންދުވެފައިވެއެވެ. މި މީހުންގެ ބޮޑު ބަޔަކީ ދިރިއުޅުން ބިނާކޮށްފައިވަނީ މަސްވެރިކަމުގެ މައްޗަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. އަހަރަކު 3,500 ޓަނުގެ މަސް ބާނަމުންދިޔަ ޣައްޒާގެ މަސްވެރިކަމުގެ ދާއިރާއިން މިހާރު އެއްވެސް މަހެއް ނުލިބޭކަން ފާހަގަކުރެވެއެވެ. 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޔަހޫދީ ސިފައިން ވަނީ ޣައްޒާގެ ހުރިހައި ބޮއްކުރާއަކާއި އޮޑިއެއް އަންދާލައި، ބޮންއަޅައި ހަލާކުކޮށްލާފައެވެ. އަދި ގިނަ އަދަދެއްގެ މަސްވެރިން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ އިތުރުން ޣައްޒާގެ މަސްވެރިކަމުގެ ބަނދަރު ވެސް ވަނީ ސުންނާފަތިކޮށްލާފައެވެ. މި ހަމަލާތަކުގެ ސަބަބުން މިހާރު ޣައްޒާގެ ކަނޑުއަޅާ އެއްވެސް ޙަރަކާތެއް ހިނގަމުން ނުދެއެވެ. ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުގެ ޑިރެކްޓަރ ޖެނެރަލް އިސްމާޢީލް އަލް-ޘަވާބިތާ ވަނީ ޔަހޫދީންގެ މި އަމުރު ކުށްވެރިކުރައްވައި، މި ކަމަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ޢަމަލެއް ކަމަށް ސިފަކުރައްވާފައެވެ. މި އަމުރަކީ ޣައްޒާގެ ރައްޔިތުންގެ މައްޗަށް އިތުރު ބާރެއް ދައްކައި، ދިރިއުޅުމަށް ދަތިކުރުމުގެ ޢަމަލެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.  

ގުޅުންހުރި ޚަބަރު