ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ކޮންސެންޓްރޭޝަން ކޭމްޕާމެދު
ދުނިޔެ

ކޮންސެންޓްރޭޝަން ކޭމްޕާމެދު

އއިބްރާހީމްް ސަމީރު17 ޖުލައި 2025
ޣައްޒާގެ ރައްޔިތުންނަށް ދިމާވެފައިވާ ހާލަތާމެދު ޖަރުމަނުގެ ސަރުކާރުގެ އިސްވެރިންގެ ފަރާތުން ހަރުކަށި ބަސްތައް ބޭރުވަން ފަށައިފިއެވެ. ޚާއްޞަކޮށް، ޔަހޫދީންނަށް ނަސްލު ނައްތާލުމަށް ހަތިޔާރު ދިނުމުގައި ކުރިން ސާބިތުކަމާއެކު ހުންނާނެ ކަމަށް ބުނި ޖަރުމަން ޗާންސެލަރ ފްރިޑްރިކް މެރްޒް، ޔަހޫދީން ކޮންސްޓްރޭޝަން ކޭމްޕެއް ބިނާ ކުރާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށް ވަނީ ވިދާޅުވެފައެވެ. މިހާރު އިޒްރޭލުން ވަނީ ޣައްޒާގެ އާބާދީ ގަދަކަމުން ރަފަހުގައި ކަށިނަރު ދަމައި، ބޮޑު ކޮންސެންޓްރޭޝަން ކޭމްޕަކަށް ވައްދާލުމަށް ކުރަމުންދާ މަސައްކަތް ފަށާފައެވެ. އިޒްރޭލު ސަރުކާރު ރޭޑިއޯއިން ބުނިގޮތުގައި މިހާރު ޖަހާފައިވާ ހިސާބުތައް ދައްކާ ގޮތުން، މި ކޮންސެންޓްރޭޝަން ކެމްޕް ބެލެހެއްޓުމަށްވެސް ފުރަތަމަ އަހަރު 5 ބިލިއަން އެމެރިކާ ޑޮލަރު ހޭދަ ވާނެއެވެ. ޖަރުމަނުގެ ޗާންސެލަރ ފްރިޑްރިކް މެރްޒް ވަނީ 600,000 އެއްހާ ފަލަސްތީނުގެ ރައްޔިތުން ބަންދުކުރުމަށް ޔަހޫދީންގެ "ނާޒީ ޒަޔަނިސްޓް" ސަރުކާރުން ހޮޅުއަށި ޢިމާރާތްކުރުމަށް ރާވާފައިވާ މަޝްރޫޢަށް ހަރުކަށި އިބާރާތުން ފާޑުކިޔާފައެވެ. މެރްޒްގެ ކާބަފައިންނަކީ ޔަހޫދީން ކޮންސެންޓްރޭޝަން ކޭމްޕްގައި ގެންގުޅުނު މީހުންކަންވެސް ފާހަގަ ކުރެވެއެވެ. ޖަރުމަނުގެ ސަރުކާރުގެ ބްރޯޑްކާސްޓަރު އޭއާރުޑީއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި މެރްޒް ވިދާޅުވީ، "ޣައްޒާގައި މިހާރު ކަންތައްތައް ކުރިއަށްދާ ގޮތަކީ އެއްވެސް ޙާލެއްގައި ޤަބޫލުކުރެވޭނެ ކަމެއް ނޫން" ކަމަށެވެ. "ޣައްޒާގައި އިޒްރޭލު ސަރުކާރުން ހިންގަމުންދާ ޢަމަލުތަކާމެދު އަޅުގަނޑު ހިތްހަމަނުޖެހޭތާ މިހާރު އެތައް ހަފުތާއެއް ވެއްޖެ. އަދި އެކަން އަޅުގަނޑު ވާނީ ހާމަކޮށްފައި،" ކޮންޒަވޭޓިވް ޕާޓީގެ އިސްވެރިޔާ އިތުރަށް ކިޔައި ދެއްވިއެވެ. މެރްޒް ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އަމާން ވެއްޓެއްގައި ދިރިއުޅުމުގެ ޙައްޤު ލިބިގެންވާ ކަމަށް ވެސް ވިދާޅުވެފައެވެ. "އަޅުގަނޑުގެ އުއްމީދަކީ ޔޫރަޕުގެ ޤައުމުތަކާއި އެމެރިކާ ގުޅިގެން މަސައްކަތްކޮށް، ދެ ދައުލަތުގެ ޙައްލަކަށް ވާޞިލްވެވޭނެ މަގެއް ފަހިކުރެވޭނެ ކަމަށް. ފަލަސްތީނުގެ ރައްޔިތުންނަށް އަމާން ވެއްޓެއްގައި ދިރިއުޅުމުގެ ޙައްޤު ލިބިގެންވޭ،" މެރްޒް އިތުރަށް ބުންޏެވެ. މިކަންކަން ހިނގަމުން މިދަނީ ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ކުރިއަށްގެންދާ ހަނގުރާމައިގެ ގިނަ މަރުޙަލާތަކުގައި ޖަރުމަނުން ވަނީ ޔަހޫދީންނަށް ސާބިތުކަމާއެކު ނަސްލު ނައްތާލުމަށް އަސްކަރީ އަދި ޑިޕްލޮމެޓިކް އެހީތެރިކަން ފޯރުކޮށްދީފައި ވަނިކޮށެވެ. ޔަހޫދީން ހިންގާ މި ޖަރީމާތަކަކީ ނަސްލެއް ސާފުކޮށްލުމުގެ ޢަމަލެއްގެ ގޮތުގައި ބައިނަލްއަޤްވާމީ އެތައް ޖަމާޢަތަކުން ސިފަކޮށްފައިވާ ކަމެކެވެ.  

ގުޅުންހުރި ޚަބަރު