ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
އިންޑިއާގެ ސެމީކޮންޑަކްޓަރ އުފެއްދުން
ދުނިޔެ

އިންޑިއާގެ ސެމީކޮންޑަކްޓަރ އުފެއްދުން

އއިބްރާހީމްް ސަމީރު18 ޖުލައި 2025
އިންޑިއާގެ ސެމީކޮންޑަކްޓަރ އުފެއްދުމުގެ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދޭނެކަން ޖަޕާނުން އަލުން ކަށަވަރުކޮށްދީފިއެވެ. މިކަން ކަށަވަރުކޮށްދީފައިވަނީ އިންޑިއާގައި ހުންނަވާ ޖަޕާނުގެ ސަފީރު އޮނޯ ކޭއިޗީގެ އިސްނެންގެވުމުގެ ދަށުން، ގުޖުރާތަށް ޒިޔާރަތްކުރި މަތީ ފެންވަރުގެ ވަފުދަކުންނެވެ. މި ދެދުވަހުގެ ޒިޔާރަތުގައި، ޖަޕާނުގެ 60 އަށް ވުރެ ގިނަ ވިޔަފާރި މަންދޫބުންނާއެކު ގުޖުރާތަށް ވަޑައިގެންނެވި ވަފުދުން ވަނީ ދޮލެރާ ސްޕެޝަލް އިންވެސްޓްމަންޓް ރީޖަން (އެސްއައިއާރު) އަދި ޓާޓާ އިލެކްޓްރޯނިކްސްގެ ވަސީލަތްތަކަށް ޒިޔާރަތްކޮށްފައެވެ. މި ދަތުރުގެ މައިގަނޑު މަޤްސަދަކީ އައު އީޖާދުތަކާއި ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާގައި ހިއްސާކުރެވޭ އަގުތަކުގެ މައްޗަށް ބިނާކޮށް، ދެ ޤައުމުގެ މެދުގައި ސިނާއީ އެއްބާރުލުން އިތުރުކުރުމެވެ. ވަފުދުގެ މި ޒިޔާރަތުގައި، އަހުމަދުއާބާދުގައި މަޝްވަރާ ބައްދަލުވުމެއް ބޭއްވުމުގެ އިތުރުން، ދޮލެރާ އެސްއައިއާރުގެ ތަންތަނަށް ޒިޔާރަތްކުރެވުނެވެ. މި ޒިޔާރަތާއި ގުޅިގެން ސަފީރު އޮނޯ ކޭއިޗީ ވަނީ އިންޑިއާގެ އިޤްތިޞާދީ ކުރިއެރުމަށް ޖަޕާނުން ދެމުންގެންދާ އެހީތެރިކަން ދެމެހެއްޓޭނެކަން އަލުން ކަށަވަރުކޮށްދެއްވައި، ސެމީކޮންޑަކްޓަރުތަކާއި ސްމާޓް ސިޓީތަކާ ގުޅޭގޮތުން އިންޑިއާގެ ތަޞައްވުރު ފާހަގަކުރައްވާފައެވެ. އޭނާ ވަނީ ޖަޕާނުގެ ޓޯކިޔޯ-އޮސާކާ ކޯރިޑޯއިން އިލްހާމު ލިބިގެން ތަރައްޤީކުރެވުނު ދިއްލީ-މުމްބާއީ އިންޑަސްޓްރިއަލް ކޯރިޑޯ (ޑީއެމްއައިސީ) އަށް ޖަޕާނުގެ އެއްބާރުލުމާއި އިންވެސްޓްމަންޓުން ގިނަގުނަ ފައިދާތަކެއް ލިބެމުންދާކަން ވެސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މި ދަތުރުފުޅުގައި ސަފީރު ކޭއިޗީ ވަނީ ގުޖުރާތުގެ ވެރިކަންކުރާ ފަރާތް ކަމުގައިވާ ޗީފް މިނިސްޓަރު ބުޕެންދްރާ ޕަޓޭލްއާ ބައްދަލުކުރައްވައި، ޖަޕާނުން އެ ސްޓޭޓާއެކު ގުޅުން ބަދަހިކުރުމުގެ ނިޔަތް ހާމަކުރައްވާފައެވެ. މި ޒިޔާރަތަކީ އިންޑިއާގެ އިޤްތިޞާދީ ކުރިއެރުމަށް ޖަޕާނުން ދެމުންގެންދާ އެއްބާރުލުމުގެ އިތުރު ބާބެކެވެ.  

ގުޅުންހުރި ޚަބަރު