ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ދެކުނުގެ ގައުމުތަަކަށް ވަކާލާތު ކުރަނީ
ދުނިޔެ

ދެކުނުގެ ގައުމުތަަކަށް ވަކާލާތު ކުރަނީ

އއިބްރާހީމްް ސަމީރު19 ޖުލައި 2025
އިންޑިއާ ދަނީ މޫސުމީ ގެއްލުންތައް ކުޑަކޮށްދޭން ވަކާލާތު ކުރާ ޗެމްޕިއަނެއްގެ ގޮތުގައި ދުނިޔެއަށް ފެންނަމުންނެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ ފޯރަމްތަކުގައި ދުނިޔޭގެ ދެކުނު ބިތުގެ ގައުމުތަކުގެ ބޭނުންތަކަށް ވަކާލާތުކުރަމުންދާ ގައުމެއްކަމަށްވެސް ފާހަގަ ވެގެން ދެއެވެ. ޖީ20 ގެ ރިޔާސީ ދައުރުގެ ބޭނުން ހިފައިގެން، އިންޑިއާއިން ދަނީ މޫސުމާ ބެހޭ ހަމަހަމަ ސިޔާސަތުތަކެއް އެކުލަވާލުމަށް ވާހަކަ ދައްކައި އެކަމަށް މަސައްކަތް ކުރަމުންނެވެ. ނިއުދިއްލީން ވަކާލާތުކުރަމުންދަނީ، ދުނިޔޭއަށް ވިހަ ގޭސް ބޭރުކުރުމުގައި އިންޑިއާއާއި ދެކުނުގެ ގައުމުތަކުގެ ޙިއްޞާ ކުޑަ ނަމަވެސް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނިސްބަތުން ބޮޑެތި އަސަރުތަކާ ކުރިމަތި ލާން ޖެހޭ ކަމަށެވެ. އިންޑިއާގެ އިސްނެގުމާއެކު، އިންޓަނޭޝަނަލް ސޯލާ އެލަޔަންސް މެދުވެރިކޮށް އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމަށް މުހިންމު މަސައްކަތްތައް ކުރެވެމުން ދެއެވެ. އަދި މޫސުމީ ރޮނގުން ނާޒުކު ޤައުމުތަކަށް އެހީތެރިވުމަށް މޫސުމީ ކަންކަން ފައިނޭންސް އިތުރުކުރުމަށް ވަކާލާތުކުރުން ފަދަ މުހިންމު މަސައްކަތްތަކެއް ވެސް ދަނީ ކުރެވެމުންނެވެ. ދެމެހެއްޓެނިވި ތަރައްޤީއަށް އިސްކަންދީގެން، އިންޑިއާއިން ދަނީ ސޯލާ އަދި ވިންޑް އެނާޖީ ފަދަ ފެހި ޓެކްނޮލޮޖީތައް ތަރައްޤީކުރަމުންނެވެ. އަދި ކާބަން ފުޓްޕްރިންޓް މަދުކުރުމުގެ ސިޔާސަތުތައް ވެސް ތަންފީޒުކުރަމުންނެވެ. މީގެ އިތުރުން، ކޯލިޝަން ފޯ ޑިޒާސްޓަރ ރެސިލިއަންޓް އިންފްރާސްޓްރަކްޗަރގައި އިންޑިއާގެ އަމިއްލަ ލީޑަރޝިޕްގެ ދަށުން މޫސުމަށް ރައްކާތެރި އިންފްރާސްޓްރަކްޗަރ ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކީ ވެސް މި ރޮނގުން އިންޑިއާގެ ފާހަގަ ކުރެވޭ މަސައްކަތެވެ. މި އުސޫލުން އިންޑިއާގެ އިޤްތިޞާދީ ކުރިއެރުމާއި ތިމާވެށީގެ ކަންކަން ބެލެހެއްޓުން ބެލެންސްކޮށް، އިންސާފުވެރި، ފެހި މުސްތަޤުބަލެއް ބައްޓަންކުރުމުގައި ދުނިޔޭގެ ދެކުނު ބިތުގެ އަޑު އިވޭނެކަން ކަށަވަރުކޮށް ދިނުމަކީވސް އިންޑިއާއިން ބައިނަލްއަގްވާމީ މެހުފިލްތަކުގައި ކުރާ މަސައްކަތެކެވެ. ޑިޕްލޮމެޓިކް ދާއިރާގެ  މަސައްކަތްތަކާއި އާ ޙައްލުތަކުގެ ތެރެއިން، އިންޑިއާއިން ދަނީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ މަޞްލަޙަތު ރައްކާތެރިކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް ދުނިޔޭގެ އެއްބާރުލުން ހޯދުމަށް ހިތްވަރުދީ، އެ ރޮނގުން އަމަލީ ގޮތުން ރަނގަޅު މިސާލެއް ދައްކަމުންނެވެ.

ގުޅުންހުރި ޚަބަރު