ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ދެކުނު ކޮރެއާ އިންޑިއާ
ދުނިޔެ

ދެކުނު ކޮރެއާ އިންޑިއާ

އއިބްރާހީމްް ސަމީރު19 ޖުލައި 2025
އިންޑިއާ އާއި ދެކުނު ކޮރެއާގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ނިއުދިއްލީގައި ދެކުނު ކޮރެއާގެ ހާއްސަ މަންދޫބުން ކަމަށްވާ ޗަންގް ހޯ ޖިން އާއި ކިމް ގަންއާ ބައްދަލުކުރައްވައި މަޝްވަރާތައް ބާއްވަވާފަ އެވެ. ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔެއޯލް ތަމްސީލު ކުރައްވާ މަންދޫބުން ވަނީ ވިޔަފާރިއާއި ޓެކްނޮލޮޖީއާއި ދިފާޢީ ދާއިރާއިން ދެޤައުމުގެ އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މޯދީ ވަނީ 2023 ވަނަ އަހަރު ދެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ސްޓްރެޓެޖިކް ޕާޓްނަޝިޕް ފުންކުރުމަށް އިންޑިއާގެ މަސައްކަތާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ. މި ބައްދަލުވުމުގައި މިނިވަން އަދި ހުރިހާ ފަރާތްތަކެއް ހިމެނޭ އިންޑޯ ޕެސިފިކްގެ އިންޑިއާގެ ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން ޓެކްނޮލޮޖީތަކުގެ ގުޅުމާއި ސަރަހައްދީ ސަލާމަތީ ކަންކަމުގައި އެއްބާރުލުންތައް ބަދަހި ކުރުމަށް އަލިއަޅުވާލާފައިވެއެވެ.

ގުޅުންހުރި ޚަބަރު