ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ޗައިނާގެ ތައުލީމީ ނިޒާމު
ދުނިޔެ

ޗައިނާގެ ތައުލީމީ ނިޒާމު

އއިބްރާހީމްް ސަމީރު22 ޖުލައި 2025
ޗައިނާގެ ތައުލީމީ ނިޒާމު ބޭނުން ކުރަނީ ކުދިންގެ ސިކުނޑި ދޮވެލައި ކޮމިއުނިސްޓް ޕާޓީގެ ފިކުރު އިންދުމަށް ކަމަށް ބުނެ، ޗައިނާގެ ކުރީގެ ޓީޗަރަކު ޝަކުވާ ކޮށްފިއެވެ.  މި ޓީޗަރު މިހާރު ވަނީ އަމއްލައަށް އަރުވާލެވިގެން ގައުމުން ބޭރުވެފައެވެ. އޭނާ ބުނަނީ ކުޑައިރުއްސުރެ ޗައިނާގެ ކޮމިއުނިސްޓް ޕާޓީ އަށް ވަފާތެރިކަން އާލާކުރުމަށް ގައުމީ މަންހަޖު ފަރުމާކޮށްފައިވާ ކަމަށެވެ. ތާރީޚާއި ބެހޭ މާއްދާއާއި އިޖުތިމާއީ ދިރާސާތައް ފަދަ މާއްދާތައް ބައްޓަން ކުރެވިފައިވަނީ ޕާޓީގެ ހައިބަތު ދެއްކުމަށާއި ނަސްލީ ގތުން ބައިމަދުމީހުން ބާކީކޮށް، ޚިޔާލުތަފާތުވުންތައް ފޮހެލާން ކަމަށް އޭނާ ބުނެއެވެ. އަދި ދަރިވަރުންނަށް ދަސްކޮށްދެނީ އަމިއްލައަށް ކަންކަމަށް ފަރުދީ ފެންވަރުގައި ފާޑުކިޔުމަށް ވުރެން ބޮޑަށް ގައުމީ އަދި ޖަމާއަތުގެ މަސްލަހަތަށް އިސްކަން ދޭށެވެ. އޭނާ ކިޔައިދިން މިސާލުތަކުގެ ތެރޭގައި، ޓެކްސްޓް ފޮތްތަކުގައި ޓިއަނަންމެން މައިދާނުގައި ކުރި މުޒާހަރާތައް ފަދަ ނާޒުކު ހާދިސާތައް އުނިކޮށްފައި ވެއެވެ. އެ ޓީޗަރު ތުހުމަތުކުރާ ގޮތުގައި ސްކޫލްތަކުގައި ކުދިންނަށް ފާރަވެރި ވުމަކި އާންމު ކަމެކެވެ. ސްކޫލުތަކުގައި ދަރިވަރުންނާއި ތައުލީމީ ދާއިރާގެ ފަރާތްތައް ސަރުކާރުގެ ވިސްނުމާ އެއްހަމައިގައި ތިބެން ޖެހެއެވެ. އަދި އެނޫން ގޮތަށް އުޅޭ ފަރާތްތަކަށް ފިއްތުންތަކާ ކުރިމަތިލާން ޖެހޭ ކަމަށް ވއެވެ. އެކްސްޓްރާ ކަރިކިއުލާ ހަރަކާތްތައް މެދުވެރިކޮށް ފިކުރީ ގޮތުން ކުއްޛާގެ ސުކުނޑި ބައްޓަންކޮށް ހޭނުމަށް ތަމްރީނުތައް ހައްދުވައެވެ. ޗައިނާގެ މި ނިޒާމަކީ، ކުރީގެ ޓީޗަރު ކިޔައިދިން ގޮތުގައި، އުފެއްދުންތެރިކަން އުނިކޮށްދީ، ހިތުގައި ބިރުވެރިކަން އުފެދި، ކޮމިއުނިސްޓް ޕާޓީގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ޖީލުތަކެއް އުފައްދާ ނިޒާމެކެވެ. ނަން ހާމަނުކޮށް ދުނިޔގެ މީޑިއާއަށް މި ވާހަކަތައް ޓީޗަރު މިވާހަކަތައް ކިޔައިދީފައި ވަނީ ޗައިނާގެ އިންސާނީ ހައްގުތަކުގެ ރެކޯޑަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޚާއްސަކޮށް ޝިންޖިއާން އާއި ޓިބެޓް ފަދަ ސަރަހައްދުތަކުގައި ފާރަލުން އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. ބެއިޖިން އިން މިފަދަ ވާހަކަތަކަށް ރައްދުދީ ޗައިނާގެ ސިޔާސަތު ދިފާއު ކުރެއެވެ. ޗައިނާއިން މިކަން ދިފާއު ކުރަނީ ގައުމީ އެއްބައިވަންތަކަމަށް ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގަ އެވެ.

ގުޅުންހުރި ޚަބަރު