ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ޖައްވުގައި ހަދާ ސެންޓަރު
ދުނިޔެ

ޖައްވުގައި ހަދާ ސެންޓަރު

އއިބްރާހީމްް ސަމީރު5 އޮކްޓޯބަރު 2025
ކުރިއަށް އޮތް 10 އިން 20 އަހަރުގެ ތެރޭގައި ޖައްވުގައި ޖިގަވޮޓްގެ މާސިންގާ ޑޭޓާ ސެންޓަރުތައް ބިނާކުރެވޭނެ ކަމަށް އެމެޒޯންގެ ބާނީއާއި ސީއީއޯ ޖެފް ބެޒޯސްބުނެއެވެ. އެއީ ޖައްވުގައި ދާއިމީކޮށް އިރުގެ އަވިން ހަކަތަ ލިބެން ހުންނާނެތީ ކަމަށް އޭނާ ބުނެއެވެ. އަދި، މި ޑޭޓާ ސެންޓަރުތައް ބިމުގައި ހުންނަ ޑޭޓާ ސެންޓަރުތަކަށްވުރެ ފެންވަރު ރަނގަޅުވާނެ ކަމަށް ބެޒޯސް ބުނެއެވެ. އިޓަލީގެ ޓެކްނޮލޮޖީ ވީކްގައި ފެރާރީ އަދި ސްޓެލަންޓިސްގެ ޗެއާމަން ޖޯން އެލްކަންއާ އެކު ބޭއްވި ހަވާސާ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ބެޒޯސް ބުނީ ޖައްވުގައި މި ޑޭޓާ ސެންޓަރުތައް ބިނާކުރުމަކީ ކުރިމަގަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަދި ޖައްވުގައި ޠޫފާން ލައި ނުގަންނާނެ ކަމަށާއި ވާރެއާއި، ވައިގަދަ ދުވަސްތަކެއްވެސް ދިމާ ނުވާނެތީ ހަމަހަމަ ކަމާއެކު ޚިދުމަތް ލިބިލިބި ހުންނާނެ ކަމަށް އޭނާ ބުނެއެވެ. ކޮމްޕިއުޓިންގ އިންފްރާސްޓްރަކްޗަރ ހިމެނޭ މާ ސިންގާ ޑޭޓާ ސެންޓަރުތަކުގެ އަދަދު ދަނީ އިތުރު ވަމުންނެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް އަދި ކްލައުޑް ކޮމްޕިއުޓިންގގެ ބޭނުންކުރުން އިތުރުވަމުން ދިއުމާއެކު އިތުރު ކޮމްޕިއުޓިންގ ހަކަތައަށް ބޭނުންވާ މިންވަރުވެސް ދަނީ އިތުރު ވަމުންނެވެ.ނަތީޖާއެއްގެގޮތުން ސާރވަރުތައް ފިނިކުރުމަށް ބޭނުންވާ ކަރަންޓާއި ފެނުގެ ޑިމާންޑް ވެސް ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ. ބެޒޯސް ލަފާ ކުރާ ގޮތުގައި ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައި ޖައްވުގައި ޑޭޓާ ސެންޓަރުތައް ބިނާކުރުމުގެ އަގު ބިމުގައި ޑޭޓާ ސެންޓަރެއް ހިންގުމަށް ވުރެން އަގު ހެޔޮވާނެއެވެ. އަދި އޯބިޓަލް އިންފްރާސްޓްރަކްޗަރއަށް ބަދަލުވުމަކީ ބިމުގައި ދިރިއުޅުން ރަނގަޅުކުރުމަށް ޖައްވު ބޭނުންކުރުމުގެ ފުޅާ ދާއިރާގެ ބައެއް ކަމުގައި ބެޒޯސް ދެކެއެވެ. ނަމަވެސް ޖައްވުގައި ޑޭޓާ ސެންޓަރުތައް ބެހެއްޓުމުގައި ދިމާވާނެ ގޮމްޖެހުންތަކުގެ ތެރޭގައި މެއިންޓެނަންސް ބެލެހެއްޓުމުގެ މަސައްކަތް އުދަގޫ ވުމާއި އަޕްގްރޭޑްތައް ކުރުމުގެ ދަތިކަމާއި ރޮކެޓް ފޮނުވުމުގެ އަގު ބޮޑުވުމާއި، އަދި ބައެއް ފަހަރު ރޮކެޓް ފޮނުވުން ނާކާމިޔާބުވުމުގެ ފުރުސަތު ވެސް ހިމެނެއެވެ.

ގުޅުންހުރި ޚަބަރު