ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
އެމެރިކާ: ބަޑީގެ ހަމަލާގައި ދެ މަރު
ދުނިޔެ

އެމެރިކާ: ބަޑީގެ ހަމަލާގައި ދެ މަރު

އއިބްރާހީމްް ސަމީރު6 އޮކްޓޯބަރު 2025
އެމެރިކާގެ އެލަބާމާ ސްޓޭޓްގެ މޮންޓްގޮމަރީ ސިޓީގައި ހިނގި ބަޑީގެ ހަމަލާއެއްގައި 2 މީހުން މަރުވެ، ކުޑަކުއްޖަކާއެކު 12 މީހުން ޒަޚަމްވެއްޖެއެވެ. މި ހާދިސާ ހިނގީ ޔުނިވަރސިޓީ ފުޓްބޯޅަ މެޗަކާއި ސިޓީން ބެއްވި ފެސްޓިވަލްއެއް ނިމުނު ދުވަހުއެވެ. މޮންޓްގޮމަރީ ޕޮލިސް ޗީފް ޖޭމްސް ގްރާ ބޮއިޒް ކިޔައިދިން ގޮތުގައި ޒަޚަމްވި މީހުންގެ ތެރެއިން 3 މީހުން ވަނީ ފުރާނައަށް ނުރައްކާވާ ފަދަ ހާލަތެއްގައެވެ. އޭގެ ތެރޭގައި ކުޑަކުއްޖާވެސް ހިމެނެއެވެ. އެހެން 9 މީހުންގެ ހާލަތު ސީރިއަސް ނޫން ކަމަށް ބެލެވެއެވެ. މި ހާދިސާއަކީ ބަޑިން ހަމަލަ ދީފައިވާ ގުރޫޕު މާރާމާރީއެކެވެ. މިއީ އާންމު ގޮތެއްގައި ހިނގާ ކަހަލަ އާދައިގެ ބަޑި ޖެހުމެއް ނޫން ކަމަށް ޕޮލިސް ޗީފް ބުނެއެވެ. މި ހާދިސާއާ ގުޅިގެން މިހާރު ވަނީ ގިނަ އަދަދެއްގެ މީހުން ހައްޔަރުކޮށް ތަޙުޤީޤު ފަށާފައެވެ. ފުލުހުން ލަފާ ކުރަނީ މިއީ ލޯބިވެރިއަކު ޖަހައި ގަތުމާއި މަސްތުވާތަކެއްޗާ ގުޅުން ހުރި ބަޑި ޖެހުމެކެވެ.

ގުޅުންހުރި ޚަބަރު