ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ކައިވެނީގެ 40 ދުވަސް ފަހުން ދަންޖެހުނީ ކީއްވެ؟
ދުނިޔެ

ކައިވެނީގެ 40 ދުވަސް ފަހުން ދަންޖެހުނީ ކީއްވެ؟

އއިބްރާހީމްް ސަމީރު6 އޮކްޓޯބަރު 2025
ކައިވެނީގެ 40 ދުވަސްފަހުން ގެވެށި އަނިޔާއަށް ކެތް ނުކުރެވިގެން އަންހެން ކުއްޖާ އަމިއްލައަށް މަރުވެއްޖެއެވެ. ޔޫސުފުގެފާނުގެ ކޯރުން ފެނުނު އަންހެން ކުއްޖާއަކީ އުމުރުން 25 އަހަރުގެ ޒުވާނެކެވެ. މިސުރުގެ ފައްޔޫމް ސަރަހައްދުގެ ދަމަޝްގީން ރަށުގައި އުފާވެރިކަމާއެކު މި ކުއްޖާގެ ކައިވެނީގެ ހަފްލާ ބާއްވާފައި ވަނީ މީގެ 40 ދުވަސް ކުރިންނެވެ. އަމިއްލައަށް މަރުވާން ދިއުމުގެ ކުރިން އޭނާ ވަނީ އެނދުމަތީގައި އޭނާގެ ކައިވެނީގެ އަނގޮޓީ ބާއްވާފައެވެ. އަދި އަނގޮޓީ ކައިރީގައި ބާއްވާފައިވާ ނޯޓުގައި އޭނާ ލިޔެފައި ވަނީ  "اللهم اغفر لي وارحمني" މިފަދައިންނެވެ. ތަހުގީގުތަކުން ހާމަވި ގޮތުގައި، އޭނާގެ ކައިވެނީގެ ކޮންމެ ދުވަހެއްވެސް ވޭތިކޮށްފައި ވަނީ ވޭންދެނިވި ގޮތަކަށެވެ. ޒުވާބުން ފުރިގެންވާ މާހައުލެއްގައެވެ. ފުލުހުން ލަފާ ކޮށްފައި ވަނީ ނަފްސާނީ ފިއްތުންތަކަށް ކެތް ނުކުރެވިގެން އޭނާ އަމިއްލަ ދިރިއުޅުން ނިންމާލީ ކަމަށެވެ. މި ހާދިސާގެ ތަހުގީގު ފަށާފައިވާއިރު އަދިވެސް ފިރިމީހާ ހައްޔަރުކޮށްފައެއް ނުވެއެވެ. ރަށުގެ މީހުން ބުނާ ގޮތުގައި، އަންހެން ކުއްޖާ އެކަހެރިވެ ހިމޭނުން ހުންނަތަން ފެންނަތާ ދުވަސް ކޮޅެއް ވެއްޖެއެވެ. ނަފްސާނީ މައްސަލަތައް ތަހައްމަލު ކުރާ މީހުންނަށް އަޅާލުމާއި އޯގާތެރިކަމާއި އެހީތެރިކަން ބޭނުންވާނެއެވެ. ކޮންމެ ދެމީހެއްގެ ހާލަތު އެއްގޮތް ނުވެދާނެއެވެ.

ގުޅުންހުރި ޚަބަރު